އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެސިސްޓެންޓް އޮޑިޓް އޮފިސަރ - އިންޓަރނަލް އޮޑިޓް
އިޢުލާން ނަންބަރު: ASND-HCM-IUL-2026-67
މަޤާމް: އެސިސްޓެންޓް އޮޑިޓް އޮފިސަރ
ވަޒީފާގެ ބާވަތް: ދާއިމީ
ސެކްޝަން: އިންޓަރނަލް އޮޑިޓް
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ
މަސައްކަތު ގަޑި: 8:00 އިން 16:00
މަޤާމުގެ ޝަރުތު:
- ޖީ.ސީ.އީ އޯލެވެލް ނުވަތަ އެސް.އެސް.ސީ އިމްތިޙާނުގެ 3 މާއްދާއިން "ސީ" ފާސް ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތުގެ ދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
- ޖީ.ސީ.އީ އޭލެވެލް އިމްތިހާނު ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- އަހަރީ އޮޑިޓް ޕްލޭނިންގ އަދި އިންޑިވިޖުއަލް އޮޑިޓް ޕްލޭންތަކަށް ބޭނުންވާ ރިސްކް އެސެސްމަންޓްތައް ކުރުން.
- ރިސްކް އެންޑް ކޮންޓްރޯލް މެޓްރިކްސް (އާރުސީއެމް) އަދި އޮޑިޓް ޕްރޮގްރާމްތައް ތައްޔާރުކުރުމުގައި އެހީތެރިވުން.
- އޮޑިޓް ޕްރޮގްރާމާ އެއްގޮތަށް އޮޑިޓް ފީލްޑް މަސައްކަތްތައް ކުރުން.
- ފޯރުކޮށްދޭ އިރުޝާދުތަކާ އެއްގޮތަށް އޮޑިޓް ވޯކިންގ ޕޭޕަރުތައް ތައްޔާރުކޮށް ފުރިހަމަކުރުން.
- ސުޕަވައިޒަރުންގެ އެހީތެރިކަމާއެކު ރިޕޯޓްތައް ޑްރާފްޓްކުރުން.
- އޮބްޒަރވޭޝަން ރެޖިސްޓަރ/ޓްރެކަރގެ މަހުން މަހަށް ފޮލޯއަޕް ކުރުމާއި އޮބްޒަރވޭޝަން ރެޖިސްޓަރ/ޓްރެކަރ އަޕްޑޭޓްކުރުން.
- ސުޕަވައިޒަރުން ހަވާލުކުރާ އިދާރީ އެހެން މަސައްކަތްތައް ކުރުން.
- އޮޑިޓް ހެކިތަކާއި ގުޅުންހުރި އެހެން ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ރައްކާތެރިކަމާއެކު ރައްކާކުރެވިފައިވާކަން ކަށަވަރުކުރުން.
އެހެނިހެން ހުނަރު:
- މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
- ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.
މުސާރައާއި އިނާޔަތް:
- -/11،200 ރުފިޔާ
- ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/50 ރުފިޔާ
- ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް.
ކުރިމަތިލުމުގެ ސުންގަޑި: 13 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.
މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އާސަންދަ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
- ޖޮބް އެޕްލިކޭޝަން ޕޯޓަލް ލިންކް: https://my.aasandha.mv/jobs/apply
ހުށަހަޅަންޖެހޭ ތަކެތި:
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
ޚާއްޞަ ސަމާލުކަމަށް:
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ ކުންފުންޔަށް ލިބިގެންވެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
06 އޮގަސްޓް 2026
ހޯދާ
