ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޕްރޮޑިއުސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: ޕްރޮޑިއުސަރ ގްރޭޑް 1

މުސާރައާއި އެލަވަންސް:

މަހަކު -/9950 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

ޕްރޮގްރާމް ޓީވީ

މަޤާމުގެ ޝަރުޠު:

މަޤާމާ ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުން ނުވަތަ ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުން މަދުވެގެން 4 (ހަތަރެއް) މާއްދާއިން ފާސްވެފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ. ސީ. އީ. އޯލެވެލް އިމްތިޙާނުން މަދުވެގެން 6 (ހައެއް) މާއްދާއިން ފާސްވެފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 6 (ހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޑިޕާޓްމަންޓުން ކަޑައަޅާފައިވާ އުޞޫލެއްގެމަތިން ވީކްލީ އަދި ޑެއިލީ ޕްރޮގްރާމް ތައްޔާރުކުރުން
  • ޚާއްޞަ މުނާސަބަތަށް ޕްރޮގްރާމް ތައްޔާރުކުރުން.
  • ސްޕެޝަލް އެސައިންމެންޓުގެގޮތުގައި ހަވާލުކުރެވޭ ޕްރޮގުރާމްތަކާއި، ރިކޯޑިންތަކާއި، ލައިވްތައް އުފެއްދުން.
  • ލައިވްތަކަށް / ލައިވް ރިކޯޑިންގތަކަށް ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ދިޔުމާއި ޕްރެޒެންޓަރުން ހަމަޖެއްސުން.
  • ޝޫޓިންގއަށް ދިއުމަށް ލޮކޭޝަން ހަމަޖެއްސުން.
  • ޕްރޮގްރާމް ސްކްރިޕްޓް ލިޔުން.
  • ޕްރޮގްރާމްތަކަށް ބޭނުންވާ ލިޔުންތައް ތަރުޖަމާކުރުމާއި ރިސާރޗް ކުރުން.
  • އާކައިވްކުރެވޭ ޕްރޮގްރާމްތަކުގެ ތަފްޞީލް ލިޔުމަށްފަހު ލައިބްރަރީއާއި ޓޭޕް ހަވާލުކުރުން.
  • އުފައްދާ ޕްރޮގުރާމުގައި އެކުލެވޭ ހުރިހާކަމަކާއި ޒިންމާވުން.
  • އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހުއްދަ ހޯދައިގެން މަސައްކަތް ކުރުން.
  • ޕްރޮގްރާމުގެ ލޮޖިސްޓިކް ކަންތަކާއި، ފައިސާދޭންޖެހޭ ފަރާތްތަކަށް ފައިސާ ދެވުނުކަން މޮނީޓަރކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
  • މީގެ އިތުރުން، މަސައްކަތާ ގުޅޭގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު ބެލޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ ސެޓުފިކެޓާއި، ޓްރާންސްކްރިޕްޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓްކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓްކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، ޓްރާންސްކްރިޕްޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • އައިޑީ ކާޑުގެ ފޮޓޯކޮޕީ.
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް.
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

މި މަގާމަށް އެދޭ ފަރާތްތަކުން، 2016 ފެބުރުވަރީ 14 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

25 ރަބީޢުލްއާޚިރު 1437

04 ފެބުރުވަރީ 2016
ހޯދާ