ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ބައެއް ކުޅިވަރުތައް ކޯޗްކޮށްދީ ފެސިލިޓޭޓްކޮށްދޭނެ ފަރާތެއް ހޯދުން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ދަަރިވަރުންނަށް ތިރީގައި މިދަންނަވާ ކުޅިވަރުތައް ކޯޗްކޮށްދިނުމާއި އެ ކުޅިވަރުތައް މި ސްކޫލުގައި ދިރުވައި އާލާކުރުމުގައި ފެސިލިޓޭޓް ކޮށްދޭނެ ފަރާތެއް ނުވަތަ ފަރާތްތަކެެއް ހޯދަން ބޭނުންވެއްޖެއެވެ.

  • ހޭންޑް ބޯޅަ
  • ސްވިމިންގ (ފެތުން)

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ފެބުރުވަރީ 23 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ފެބުރުވަރީ 28 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.  

29 ރަބީޢުލްއާޚިރު 1437

08 ފެބުރުވަރީ 2016
ހޯދާ