މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސުގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.
|
މަޤާމް:
|
ލީގަލް ކައުންސެލް
|
|
ސެކްޝަން/ޑިވިޜަން:
|
ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް
|
|
ބޭނުންވާ ޢަދަދު
|
01 (އެކެއް)
|
|
ތަޢުލީމީ ފެންވަރާއި ތަޖްރިބާ
|
- ޝަރީއާ އެންޑް ލޯ، ބިޒްނަސް ލޯ، ލީގަލް ޖޫރިސްޕްރޫޑެންސް ނުވަތަ ލީގަލް ރިސަރޗްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުމާއެކު ޤާނޫނީ ދާއިރާ އިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
ވަކާލާތުކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އާ ގުޅުންހުރި ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމުގެ މަސައްކަތާއި ޤަވާއިދުތައް ޑްރާފްޓްކުރުމުގެ މަސައްކަތްކުރުން.
- ޤާނޫނީ ކަންކަމާގުޅޭ ލަފާ ފައިނޭންޝަލް އިންޓެލިޖެންސްގެ ވެރިޔާއަށް އެރުވުން.
- އެފްއައިޔޫއާ ގުޅުންހުރި ކޮންޓްރެކްޓް، އެމްއޯޔޫ އަދި ޤާނޫނީ ލިޔެކިޔުން ޑްރާފްޓްކުރުމުގެ މަސައްކަތްކުރުން.
- ކޯޓުތަކާއި އާބިޓްރޭޝަންތަކުގައި އެފްއައިޔޫ ތަމްޞީލްކުރުމުގެ މަސައްކަތްކުރުން.
- ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ލީގަލް، ޕޮލިސީ އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޜަނަށް ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
|
|
މުސާރަޔާއި އިނާޔަތްތައް
|
24,000.00 – 33,700.00 ރުފިޔާ
|
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި
|
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
- ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ޑިގްރީ ނުވަތަ މާރސްޓަރސް ސެޓްފިކެޓް ލިބިފައި ނުވާނަމަ، ޔުނިވަރސިޓީ/ކޮލެޖް އިން ދޫކޮށްފައިވާ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން
- ޑިގްރީ އަދި މާރސްޓަރސް ސެޓްފިކެޓް އެމްކިއުއޭއިން އެކްރިޑެޓްކޮށްފައި ނުވާނަމަ، އެމްކިއުއޭއިން ގަބޫލުކުރާ ޕްރޮގްރާމެއްކަން އަންގައިދޭ ލިޔުން
- މަސައްކަތުގެ އަދި މެނޭޖްމަންޓް ތަޖުރިބާ ބޭނުންވާ މަޤާމުތަކަށް، އެކަންކަން ސާބިތުކުރެވޭނެ ލިޔެކިޔުން ހުށަހަޅަންވާނެ. އަދި ލިޔެކިޔުން ހުށަހަޅާފައިނުވާނަމަ، އެޕްލިކޭޝަން ބަލައިނުގަނެވޭނެ.
- ވަޒީފާއެއް އަދާކުރައްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަންތަނުގެ ރަސްމީ ލިޔުންތައް
- ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުން
|
|
ސުންގަޑި
|
11 އޮގަސްޓް 2026 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށް
|
ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.
ޝޯޓް ލިސްޓްކުރުމުގައި މައިގަނޑު އަސާސެއްގެ ގޮތުގައި ބަލާނީ ވަޒީފާއަށް ކަނޑައަޅާފައިވާ ތައުލީމީ ފާހުގެ ނަތީޖާއަށާއި ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާ/ވަޒީފާތައް އަދާކޮށްފައިވާ ގޮތަށެވެ.