ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެބޯޓްރީ ޓެކްނީޝަން

މަޤާމް :ލެބޯޓްރީ ޓެކްނީޝަން
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ނަންބަރު: MNU-HR/2026/160

ތާރީޚް: 05 އޮގަސްޓް 2026

މަޤާމު:

ލެބޯޓްރީ ޓެކްނީޝަން

ބޭނުންވާ އަދަދު:

01

އޮފީސް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ

ޑިޕާޓްމަންޓް:

އެޑްމިން

ސްޕައިން ޕޮއިންޓް:

25

ގްރޭޑް:

5

މުސާރަ:

މަހަކު 7,372.44 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  3,159.62ރުފިޔާ

އިނާޔަތްތައް:

ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)

ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސްޓާފް ޖިމް ފެސިލިޓީ

ސްޓާފް އެސިސްޓަންސް ޕްރޮގްރާމްތައް

ލައިބްރަރީ މެމްބަޝިޕް

ވަޒީފާގެ ބާވަތް:

ދާއިމީ

މަގާމްގެ ޝަރުތު:

  1. އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސެރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން. ނުވަތަ،
  2. އެމް.އެން.ކިއު.އެފް ލެވެލް 5 ގެ ސެޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 2 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

  1. ހެޑް އޮފް ޑިޕާރޓްމަންޓްގެ އިރުޝާދުގެ މަތިން ލެބޯޓަރީގައި ކުރަންޖެހޭ މަސައްކަތް ކުރުން.
  2. ލެބޯޓަރީގެ އެކިއެކި އިކްއިޕްމަންޓްތައް މެއިންޓެއިންކޮށް ބެލެހެއްޓުން.
  3. ލެބޯޓަރީގެ އިކްއިޕްމަންޓްތައް ރަނގަޅަށް މަސައްކަތްކުރޭތޯ ބެލުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން.
  4. ޕްރެކްޓިކަލް ގަޑިތަކަށް ބޭނުންވާ ކެމިކަލް އާއި އިކްއިޕްމަންޓް ނަގާ އެކަމަށް ތައްޔާރުކުރުމުގެ ގޮތުން ޓީޗަރުން އަންގާގޮތުގެ މަތިން ތަކެތި ތައްޔާރުކޮށް ދިނުމާއި، ޕްރެކްޓިކަލް ނިމުމުން އެތަކެތި އަނބުރާ ހުރިތަނަށްލުން އަދި މިމަސައްކަތް ސުޕަވައިޒްކުރުން.
  5. ލެބޯޓަރީގެ އިންވެންޓްރީ ބެލެހެއްޓުމާއި، ރައްކާތެރި ގޮތުގައި އިކްއިޕްމަންޓްތަކާއި، ކެމިކަލްތައް ބެލެހެއްޓުން އަދި މިމަސައްކަތް ސުޕަވައިޒްކުރުން.
  6. ލެބޯޓަރީގެ އިން މަދުވާ ކެމިކަލް ލެބް ކޯޑިނޭޓަރުގެ ބެލުމުގެ ދަށުން އޮފީސް މެދުވެރިކޮށް ލެބޯރެޓަރީ އަށް މަދުނުވާވަރަށް ހޯދުމުގެ ލިސްޓުތައް ތައްޔާރުކުރުމާއި މިމަސައްކަތް ސުޕަވައިޒްކުރުން.
  7. ލެބޯޓަރީގެ ޕްރެކްޓިކަލްތަކައް، ފީލްޑް ވިޒިޓްތަކަށް ބޭނުންވާ ތަކެތި ސްޓޮކުން ރިކުއެސްޓްކޮށްގެން ހޯދުމާއި ސައިންސް ފީލްޑްޓްރިޕްތަކުގައި ބައިވެރިވުން.
  8. މަތީގައިވާ ކަންތައްތަކުގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.މަރުކަޒާއި، ޑިޕާޓްމަންޓްތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ކޮމިޓީތަކުގައި ބައިވެރިވުމާއި ރޭވުމުގެ މަސައްކަތުގައި ބައިވެރިވުން.

 

އެޕްލިކޭޝަންފޮނުވަންވީ ތާރީޚް:

 2026 އޮގަސްޓް 12 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/mnu-hr-2026-160

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
    • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • *ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.

 

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345142 ނަމްބަރު ފޯނަށެވެ.
             

 

05 އޮގަސްޓް 2026
ހޯދާ