މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:  އޮފީސް އެސިސްޓެންޓް

ބޭނުންވާ އަދަދު:                 1 ( އެކެއް )

ރޭންކް:                      އެސް. އެސް 2

ކްލެސިފިކޭޝަން:                 ސަޕޯޓް ސްޓާފް ގްރޭޑް 2

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން:     މުޙްޔިއްދީން ސްކޫލު / މާލެ

ގިންތި:                       ދާއިމީ

ދާއިރާ:                       އިދާރީ  

ޝަރުޠު: ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ތިރީގައި މިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

އަސާސީ ޝަރުތު

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ނުވަތަ

މަޤާމަށް ބޭނުން ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނދެއް ހާސިލުކޮށްފައިވުން. އަދި ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން.

މުސާރައާއި އިނާޔަތްތައް

މަޤާމުގެ އަސާސީ މުސާރަ : -/3470ރ ( ތިންހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ )

ސަރވިސް އެލަވަންސް:    -/1000 ރ ( އެއްހާސް ރުފިޔާ )

އިތުރުގަޑީގެ ފައިސާ:    މިމަޤާމުގައ އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

1- މި ސްކޫލުގެ އެކިއެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ސިޓީ، މެސެޖް ފަދަ ލިޔުންތައް، ރައްދުކުރަންޖެހޭ ފަރާތްތަކަށް ލިޔުންތައް ހަވާލުކުރާތާ ލަސްވެގެން 2 ގަޑިއިރުގެ ތެރޭގައި ހަވާލުކޮށް ނިންމުން.

2- ސްކޫލުގެ ބޭނުންތަކަށް ފިހާރަތަކުން ހޯދަންޖެހޭ ތަކެތި، ޕާޗޭސް އޯޑަރު ފޯމު ދިނުމުން އެތަކެތި ސްކޫލަށް ލިބޭނެ އިންތިޒާމު ފޯމު ހަވާލުކުރާދުވަހު، ތަކެއްޗަށް ދަތިނުވާނޭ ގޮތަށް ސްކޫލަށް ގެނައުން.

3- ސްކޫލަށް ލިބޭ ބިލްތަކަށް ދައްކަންޖެހޭ ފައިސާ ބަޖެޓް ސެކްޝަނުން ހަވާލުކުރާތާ ލަސްވެގެން 3 ގަޑިއިރުގެ ތެރޭގައި ހަވާލުކޮށް ނިންމުން.

4- މަސައްކަތު މީހުންގެ މަސައްކަތްތަކާ ހަވާލުވެ ހުންނަ ވެރިއެއްގެ ލަފާގެ ދަށުން ސުޕަވައިޒްކޮށް މަސައްކަތު މީހުންގެ ޑިއުޓީތަކާއި މަސައްކަތްތައް ބަހައި ހަވާލުކޮށް، މަސައްކަތް ހިނގާނުހިނގާގޮތުގެ މަޢުލޫމާތު މެނޭޖްމަންޓަށް ފޯރުކޮށްދިނުން.

5- ކްލާސްރޫމްތަކާއި އެހެނިހެން ތަންތަނުގެ ބޮކިތަކާއި ފަންކާ އަދި ފަރުނީޗަރުތަކުގެ ހާލަތު ބަލައި މަރާމާތާ ގުޅޭ ކަންތައްތައް ބަޖެޓް ސެކްޝަނާ ގުޅައިގެން އެކަންތައްތައް ކުރުން.

6- މީގެ އިތުރުން ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން މުޙްޔިއްދީން ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތައްކުރުން.

މިވަޒީފާއަށް މީހަކު ހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް:

- ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަރވިއުކުރުން.

- މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 2016 ފެބުރުވަރީ 18 އާއި 2016 ފެބުރުވަރީ 29 އާ ދެމެދު މުޙްޔިއްދީން ސްކޫލްގައެވެ.

ހުށަހަޅުއްވަންޖެހޭ ތަކެތި:    

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓް ކޮށްފައިވާ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ  
  • ތަޖުރިބާގެ ލިޔުންތައް
  • މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ސާފު ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ، ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު
  • ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

- ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި www.muhyiddinschool.edu.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

ސުންގަޑި: 2016 ފެބުރުވަރީ 18 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު މުޙްޔިއްދީން ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ފޯނު:  3390635

08 ފެބުރުވަރީ 2016
ހޯދާ