ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އެކި ސަރަޙައްދު ތަކަށް އުކާލާ ގާކުނިތަކާއިބެހޭ

ރަށުގެ އެކި ސަރަޙައްދު ތަކަށް އުކާލާ ގާކުނިތަކާއިބެހޭ

            ރަށުތެރޭގެ ރީތިކަމާއި، ސާފްތާހިރުކަން ދެމެހެއްޓުމަށްޓަކައި ރަށުގެ އެކިސަރަޙައްދުތަކުން އުކާލާ ގާކުނި ( ޢިމާރާތް ކުރުމަށް ބޭނުންކޮށްފައިވާ ބާކީ ތަކެއްޗާއި، ގަލާއި، ސިމެންތި ފަދަ ތަކެތި ) ރަށުތެރެއަށާއި، އަތިރިމައްޗަށް ނެއެޅުމަށް ދަންނަވަމެވެ.

           މިގޮތުން، ރަށުތެރެއިން ނަގާ މިފަދަ ގާކުނިތައް އުކާލުމަށްޓަކައި މި ކައުންސިލުންވަނީ ވަކި ޞަރަޙައްދެއް ކަނޑައަޅާފައެވެ. އެހެން ކަމުން މީގެ ފަހުން ގާ ކުނި އުކާނީ ކައުންސިލުން ކަނޑައަޅާ ވަކި ސަރަޙައްދަކަށް ކަމުގައި ދެންނެވީމެވެ. މިކަމާއި، ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7997721 އާއި، ގުޅުއްވުމަށް ދަންނަވަމެވެ.

             މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

            20 ޞަފަރަ   1448

            03 އޮގަސްޓް   2026

03 އޮގަސްޓް 2026
ހޯދާ