މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ސިސްކޯ (Cisco) ހަރޑްވެއަރއަށް ސިސްކޯ ސްމާޓްނެޓް ސަރވިސް ލައިސަންސް އަދި ސިސްކޯ ޑީއެންއޭ ލައިސެންސް އައުކުރުމާއި ސިސްކޯ ޑީއެންއޭ ލައިސަންސް ގަތުން

މި އޮތޯރިޓީން ދޭ މަޢުލޫމާތާ އެއްގޮތަށް، ސިސްކޯ (Cisco) ހަރޑްވެއަރއަށް ސިސްކޯ ސްމާޓްނެޓް ސަރވިސް ލައިސަންސް އަދި ސިސްކޯ ޑީއެންއޭ ލައިސެންސް އައުކޮށްދިނުމާއި ސިސްކޯ ޑީއެންއޭ ލައިސަންސް ފޯރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، ޝައުގުވެރިވާ ފަރާތުގެ ނަން، ގުޅޭނެ ފަރާތުގެ ތަފްޞީލް މަޢުލޫމާތު (ނަން މަޤާމް، އީމެއިލް އަދި ފޯނު ނަންބަރު) އިނގޭނެ ގޮތަށް [email protected] އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް ފަހު، ތިރީގައި ބަޔާންކޮށްފައިވާ ތާވަލްއާ އެއް ގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓަރ ވުމުގެ ސުންގަޑި

12 އޮގަސްޓް 2026

ބުދަ

11:00

އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަޑި

17 އޮގަސްޓް 2026

ހޯމަ

11:00

އަންދާސީ ހިސާބު ހުށަހެޅުން

20 އޮގަސްޓް 2026

ބުރާސްފަތި

11:00

 

މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ދުވަހުގެ 11:00 އާ ހަމައަށް ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމުގެ އާރް.އެފް.ޕީ ރަޖިސްޓްރީވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ. އަންދާސީ ހިސާބު ހުށަހަޅަން ކަނޑައަޅާފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ބިޑުތައް ބަލައި ނުގަނެވޭނެއެވެ. އަދި ބިޑު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި ބިޑުތައް ހުޅުވައި، އަގުތައް އެނގޭނެ ލިޔުން ބިޑު ހުށަހެޅި ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.

05 އޮގަސްޓް 2026
ހޯދާ