މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
އޮޅުހިޔާގެ ޝެލްޓަރ ބައި، މިނިސްޓްރީއާއި ގުޅިގެން ހިންގުމުގެ މަސައްކަތް

ހުޅުމާލޭ ފޭސް 2 ގައި މިނިސްޓްރީން ގާއިމުކޮށްފައިވާ އެނިމަލް ކެއަރ ފެސިލިޓީ (އޮޅުހިޔާ) ގެ ޝެލްޓަރ ބައި 1 (އެކެއް) އަހަރު ދުވަހަށް، މިނިސްޓްރީއާއި ގުޅިގެން ހިންގާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

ތާރީޚް އަދި ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

09 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 10:00 ގައި

 

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯށަސް، ވެލާނާގެ 7 ވަނަ ފަންގިފިލާ

ޕްރޮޕޯސަލް ހުށަހެޅުން

13 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް

 

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ3309331 ނުވަތަ 3309239 ނަންބަރު ފޯނަށެވެ.

04 އޮގަސްޓް 2026
ހޯދާ