މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ކަށިކެޔޮގަސްތައް ކުއްޔަށް ދޫކުރުން

  1. މި ރަށު ވަލުތެރޭގެ އެކި ސަރަހައްދުތަކުގައި ހުރި ރައްޔިތުންގެ ކަށިކެޔޮގަސްތައް 3 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ނެންގެވުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  2. މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިހާރުން ފެށިގެން 2026 އޯގަސްޓު 06 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު" ފުރިހަމަކޮށް ރަސްމީގަޑީގައި މިއިދާރާއަށް ފޯމު ހުށަހަޅައިގެން ނުވަތަ ތިރީގައިވާ މިއިދާރާގެ އީމެއިލް އެޑްރެހަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު" އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
  3. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 އޯގަސްޓު 10 ވަނަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.
  4. މި ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  5. މި ޕްރޮޖެކްޓާބެހޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ

ނަރުދޫ

ދިވެހިރާއްޖެ

ފޯން: 6540686

އީމެއިލް: [email protected]

03 އޮގަސްޓް 2026
ހޯދާ