|
އިޢުލާނު
|
|
މަޤާމު:
|
ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ
|
|
މަޤާމުގެ ނަންބަރު:
|
ޖޭ 460970
|
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކް:
|
ޕީ . އެސް . އާރް 5
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ވިލިމާލެ ހޮސްޕިޓަލް / އެޑްމިނިސްޓްރޭޝަން އެންޑް އެޗް.އާރ ޔުނިޓް ، މާލެ
|
|
މުސާރަ:
|
-/9700ރުފިޔާ (މަހަކު)
|
|
ސަރވިސް އެލަވަންސް:
|
-/2910ރުފިޔާ (މަހަކު)
|
|
ހާޒިރީ ޢިނާޔަތް
|
-/80 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)
|
|
އެހެނިހެން އެލަވަންސް:
|
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (1 ނޮވެމްބަރ 2025 އިސްލާހާއި އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ހޮސްޕިޓަލް އަށް ބޭނުންވާ ކޮންސިއުމަބަލްސް އައި އެހެނިހެން ތަކެތި ދަތިނުވާނެ މިންވަރަށް ހޯދުމަށް މަސައްކަތްކޮށް، ރިކުއެސްޓް ކުރުން.
- މުދާ ހޯދުމަށް ސެކްޝަންތަކުން ފޮނުވާ ރިކުއެސްޓްތަކަށް އެޓެންޑްވެ، މުދާ ދޫކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
- ސްޓޯރަށް ގެނެވޭ ހަރުމުދާ ދޫކުރުމުގެ ކުރިން ކޯޑު ނަންބަރު ޖަހާ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އިންވެންޓްރީގައި ހިމެނުމަށްފަހު މުދާ ދޫކުރުން.
- ސްޓޯރަށް ގެނެވޭ ތަކެތީގެ މުއްދަތު ހަމަވާ ތާރީހާއި، އެހެނިހެން ސްޕެސިފިކޭޝަންސްތައް ދިމާވޭތޯ ބެލުމަށްފަހު ތަކެއްޗާއި ހަވާލުވުން.
- ސަޕްލަޔަރުންނާއި، ވާހަކަ ދެއްކުމަށްފަހު، ޑެލިވަރީ ޕޮއިންޓް އިން މުދަލާއި ހަވާލުވުން.
- ހޮސްޕިޓަލަށް މުދާ ގެނައުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
- ސްޓޯރުން މުދާ ދޫކުރާއިރު ކުރިން މުއްދަތު ހަމަވާ ތަކެތި ނުވަތަ ކުރިން އައިސްފައިވާ ތަކެތި ކުރިން ދޫކުރުމަށް އިސްކަންދީ ދޫކުރެވުނީ ސްޓޮކް އިންޑެންޓާ އެއްގޮތަށްތޯ ބަލައި ޗެކްކޮށް މުދާ ލިބުނު ކަމަށް ދިޕާރޓްމަންޓް ތަކުން ރިސިޕްޓް ހެދުވުން.
- ސްޓޯރުން ދޫކުރެވޭ މުދާ ބިން ކާޑުން ނުވަތަ ސިސްޓަމުން ބާކީކޮށް ދުވަހުން ދުވަހަށް ސްޓޮކް އަޕްޑޭޓްކޮށް ނިންމުން.
- ސްޓޮކް ރީ.އޯޑާރ ލެވެލް ކަނޑައަޅައި، އެ މިންވަރަށް އަބަދުވެސް ތަކެތި ހޯދުމަށް ރިކުއެސްޓްކުރުން.
- ސްޓޯރަށް ލިބުން ދަތި އައިޓަމްސް ފާޙަގަކޮށް، ސްޕަވައިޒަރަށް ނޮޓިފައިކުރުން.
- ކޮންމެ ދުވަހަކުވެސް އެދުވަހެއްގެ ލިޔެ ކިޔުންތައް ފައިލްކޮށް އެދުވަހެއްގެ މަސައްކަތް އެދުވަހަކު ނިންމުން.
- ރަސްމީ ގަޑި ފިޔަވައި އެހެނިހެން ގަޑިތަކުގައި މުދާ ދޫކުރަންޖެހޭ ހާލަތްތަކުގައި، އަވަހަށް އެޓެންޑްވެ ގަވައިދާއެއްގޮތަށް މުދާ ދޫކުރުން.
- ސްޓޯރަށް ލިބޭ މުދަލުގެ ލިޔެކިޔުންތައް ހަމަކޮށް، ފައިސާ ދެއްކުމަށް ފޮނުވުން.
- ރެންޑަމްކޮށް ކޮންމެ ދުވަހަކުވެސް އައިޓަމްތަށް ސްޓޮކާ ދިމާވޭތޯ ބަލައި ، މައްސަލައެއް ދިމާވެއްޖެނަމަ ސުޕަވައިޒަރުގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދިއުން.
- ޖެނެރަލް ސްޓޯރަށް ވެއްދޭތަކެތި ބަލައިގަނެ، އެތަކެތި ޗެކްކޮށް، ސްޓޮކަށް އެންޓަރކޮށް ،ސެޕް ސިސްޓަމް އަށް ގުޑުސް ރިސީވްނޯޓް (ޖީ އާރ އެން ) އެންޓަރ ކުރުން.
- ސްޓޯރުން ހިދުމަތް ދިނުމަށް ބޭނުންވާ ގައިޑްލައިންތައް އަޕްޑޭޓްކޮށް، ސްޕަވައިޒަރުގެ ލަފަޔާއި އެކު ތަންފީޒުކުރުން.
- ވަޒީފާގެ ދާއިރާގެތެރެއިން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.
- ވަޒީފާގެ ގޮތުން މުވައްޒަފަށް އެގޭ އޮފީހުގެ އެތެރޭގެ ސިއްރުތަކާއި ބަލިމީހުންގެ ތަފާތު ކަންކަން އާއްމުންނަށް ހާމަނުކުރުން.
- ހޮސްޕިޓަލަށް ކުއްލިގޮތަކަށް ދިމާވާ މައްސަލަތަކުގައްޔާއި، ސެކްޝަނުތަކުން ހިންގާ ބޮޑެތި މަސައްކަތްތަކުގައި ޑިއުޓީގަޑީގެ އިތުރުންވެސް ތަނުން އެންގުމުން ނުކުމެ، އެ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވުން.
- ހޮސްޕިޓަލުގައި ކުރެވޭ ހާއްސަ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެ ސިއްހީ އިމަޖެންސީތަކައި ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން
|
|
ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ
|
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ ހާސިލުކޮށްފައިވުން.
|
|
މަގާމުގެ ތައުލީމީ ރޮނގުތައް:
- އެކައުންޓިންގ
- އެކައުންޓިންގ އެންޑް ފައިނޭންސް
- އެޑްމިނިސްޓްރޭޝަން
- އޮޑިޓިންގ
- ބިޒްނަސް
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް މެނޭޖްމަންޓް
- ކޮމާރސް
- ފައިނޭންސް
- ފައިނޭންޝަލް މެނޭޖްމަންޓް
- ފައިނޭންޝަލް ޕްލޭނިންގ
- ހިޔުމަން ރިސޯސް މެނޭޖްމަންޓް
- އިންޓަރނަލް އޮޑިޓިންގ
- އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް
- އިސްލާމިކް ފައިނޭންސް
- މެނޭޖްމަންޓް
- ނާސިންގ
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
- ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް
- ޕަބްލިކް ފައިނޭންސް
- ޕަބްލިކް މެނޭޖްމަންޓް
މަގާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް
މަގާމުގެ ކޯ ޑިސިޕްލިން: ނެތް
މަގާމުގެ މަސައްކަތުގެ ދާއިރާތައް:އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ، ހިއުމަން ރިސޯސްއާއި، ފައިނޭންސްއާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް
(ނޯޓް: ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ / ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓްދެވޭނެއެވެ.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- 1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
ޖީ.އެސް.3 އަދި ޖީ.އެސް.4 އާ ދެމެދުގެ ކްރައިޓީރިއާ
|
އަސާސީ ޝަރުތު ހަމަވުން
|
30
|
|
އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމް
|
5
|
|
ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓ
|
5
|
|
އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5
|
|
އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)
|
20
|
|
އިންޓަވިއު
|
35
|
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 އޮގަސްޓު 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، ވިލިމާލެ ހޮސްޕިޓަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާ ހުށަހެޅުންތައް، ހޮސްޕިޓަލަށް ލިބުނުކަން ކަށަވަރު ކުރެއްވުމަށް ހުރިހާ ފަރާތްތަކަށްވެސް ދަންނަވަމެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ.
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 12 އޮގަސްޓު 2026 އާއި 31 އޮގަސްޓު 2026 އާ ދެމެދު، ވިލިމާލެ ހޮސްޕިޓަލުގައެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އައި.ޖީ.އެމް ހޮސްޕިޓަލުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3038524 އަދި 3038525 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" https://www.csc.gov.mv/Policy/Index/51)) އިން ލިބެން ހުންނާނެއެވެ.
|