ދިވެހިރާއްޖެ
ގދ. މަޑަވެލި ތަޤްވާ މިސްކިތުގެ ގޯތީގެ ވަށާފާރުގެ މިހާރު ހުރި ބައި ތަޅާ ނެގުމަށްފަހު އަލުން ތަޤްވާ މިސްކިތުގެ ގޯތީގެ ވަށާފާރު ރާނައި، ދޮރާށި ލައި އަދި ކުލަލައި ނިންމުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި، ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފްކުރުމަށް ރަޖިސްޓްރީވުމަށް ތިރީގައިވާ ލިންކް ބޭނުންކުރެއްވުން އެދެމެވެ.
ލިންކް: https://forms.gle/G3fJkQxKQqRwoPXu9
|
ތަފްޞީލް |
ތާރިޚް |
ގަޑި |
|
ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި |
5 އޮގަސްޓް 2026 (ބުދަ) |
14:00 |
|
އަންދާސީ ހިސާބު ހުށަހެޅުން |
13 އޮގަސްޓް 2026 (ބުރާސްފަތި) |
14:00 |
ބީލަމުގައި ރަޖިސްޓްރީވެވަޑައިގަތުމުން ބީލަމާއި ގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި/ކުންފުނިތަކަށް އެކަންޏެވެ.
މިއިޢުލާނާއި ގުޅިގެން ބިޑްހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން ސުންގަނޑި ހަމަވުމުގެ ކުރިން މިއިދާރާގެ ކައުންޓަރަށް ވަޑައިގެން ނުވަތަ، [email protected] އަށް މެއިލް ކުރެއްވައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
