ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ޝާއިޢު ކޮށްފައިވާ ބައެއް ފޮތްތައް ޕްރޫފްރީޑް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ ދެވަނަ އިޢުލާންގެ މަޢުލޫމާތައް ބަދަލު ގެނައުމާ ގުޅޭ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ޝާއިޢު ކޮށްފައިވާ ބައެއް ފޮތްތައް ޕްރޫފްރީޑް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)170-PR/170/2026/108) (16 ޖުލައި 2026) ދެވަނަ އިޢުލާންގެ މަޢުލޫމާތައް ވަނީ ބަދަލު ގެނެވިފައެވެ. އެގޮތުން، މި މަސައްކަތައް ކަނޑައެޅިފައިވާ މުއްދަތަށް ވަނީ ބަދަލުގެނެވިފައެވެ. ވީމާ، މި މަސައްކަތަށް ޝަޢުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމާއި ގުޅޭ ބަދަލު ގެނެވިފައިވާ މަޢުލޫމަތު ކަރުދާސް މި އިޢުލާނާއި އެކީ އެޓޭޗްކުރެވިފައިވާނެއެވެ. މަޢުލޫމާތައް އައި ބަދަލާ ގުޅިގެން ބީލަން ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރު ކުރެވިފައެވެ.
މި ބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވަން ބޭނުންވެލައްވާނަމަ 30 ޖުލައި 2026ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން [email protected] އަށް މެއިލް މެއިލްކޮށްދެއްވުން އެދެމެވެ.
މި އިޢުލާން އާއި ގުޅިގެން ބާއްވާ ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 02 އޮގަސްޓް 2026ވާ އާދިއްތަ ދުވަހުގެ 10:30 ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެވެ.
12 ޞަފަރު 1448
