ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1448 ވަނަ އަހަރުގެ ޤައުމީ ދުވަހާއި ގުޅިގެން އުތީމުގައި ހަވާއެރުވުމަށް ބޭނުންވާ ތަކެތި އުތީމަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ހއ.އުތީމު ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް 1448 ވަނަ އަހަރުގެ ޤައުމީ ދުވަހާއި ގުޅިގެން އުތީމުގައި ހަވާއެރުވުމަށް ބޭނުންވާ ތަކެތި އުތީމަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ބިޑްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ހީރަސްކުރެވިފައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން  [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ދެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑު ރަޖިސްޓްރޭޝަން ފޯމް ހުށަހަޅުއްވާފައިނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ. ބިޑު ރަޖިސްޓްރޭޝަން ފޯމް ހުށަހަޅުއްވާ ފަރާތްތަކަށް ބިޑު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ކަރުދާސް ހިއްސާކުރެވޭނެއެވެ. އަދި، އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ އެ މުއްދަތުގެ ތެރޭގައި ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމަތު އީމެއިލް ކުރެއްވުން އެދެމެވެ. 

ބިޑް ހުށަހެޅުން އޮންނާނީ 04 އޮގަސްޓް 2026  ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގައި ހއ.އުތީމު ކައުންސިލްގެ އިދާރާގައެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6500038 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

28 ޖުލައި 2026
ހޯދާ