ދިވެހިރާއްޖެ
ނަންބަރު: (IUL)303-CA/303/2026/36
ވަޒީފާގެ ފުރުސަތު
މަޤާމް: ސަޕޯޓް ސްޓާފް
މަޤާމުގެ އަދަދު: 2
މަޤާމުގެ ގިންތި: ކޮންޓްރެޓް (2 އަހަރު)
މަސައްކަތް ކުރާތަން: އުނގޫފާރު ވޭސްޓްމެނޭޖްމަންޓް ސެންޓަރ / އުނގޫފާރު ކައުންސިލް އިދާރާ
މުސާރަ: 3300.00 (ތިންހާސް ތިންސަތޭކަ ރުފިޔާ)
ސާރވިސް އެލަވަންސް: މުސާރައިގެ %30 (990.00)
ހާޒިރީ އެލަވަންސް: މުސާރައިގެ %20 (660.00)
މިނިމަމްވޭޖް އެލަވަންސް: މިނިމަމް ވޭޖްގެގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް.
މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް އާއި ހަމަޖެހިފައިވާ އުޞޫލުން ބަންދު ދުވަހުގެ ފައިސާ އަދި އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ލިބޭނެއެވެ.
ފެންވަރު ނުވަތަ ޝަރުތު:
1- އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން
2- ސިއްޙަތު ރަގަޅުމީހަކު ކަމުގައިވުން
3- ގިނަވަގުތު މަސައްކަތު އުޅެވޭ މީހެއްކަމުގައިވުން
މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު:
- ތިންމަހުން އެއްމަހު މަގުތަކުގެ ކާނުތައް ސާފުކޮށް ކުނިތައް ނެގުން
- މަގުތަކަށް ވާގޮތަށް ހުންނަ ގަސްތަކުގެ ގޮފިތައްކަނޑާ މަގުތައް ސާފުކުރުން
- ކައުންސިލުގެ ހުއްދަ ނެތި މަގުތަކުގެ ޕޭމަންޓްތަކުގައި ބެހެއްޓިފައި ހުންނަ ތަކެތި ނަގާ ކައުންސިލުން އަންގާ ތަނެއްގައި ބެހެއްޓުން
- މަގުތަކުގައި ގަސްއިންދުމަށް ހާއްސަކޮށްފައިވާ ތަންތަނުގައި ގަސްއިންދާ ފެންދީ ބެލެހެއްޓުން
- މީގެ އިތުރުން ކައުންސިލުން އިސްނަގައިގެން ކުރާ އެންމެހާ ކަންކަމުގައި ބައިވެރިވުން
ހުށަހަޅަންޖެހޭ ތަކެތި: 1- ވަޒީފާއަށް އެދި ހުށަހަޅާ ފޯމް
2- އައިޑީ ކާޑް (ކިޔަން އެނގޭ ސާފު) ކޮޕީ
3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ލީވިންގ ސެޓްޕިކެޓްގެ ކޮޕީ
4- އެހެން ތަނެއްގެ ވަޒީފާއެއްގައި އުޅެފައިވާނަމަ އުޅެފައިވާ މުއްދަތު އެނގޭގޮތަށް ތައްގަޑުޖެހި ލިޔުން.
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ
ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަޑި : 03 އޮގަސްޓް 2026، ހޯމަ ދުވަހުގެ 12:00 ޖެހުމުގެ ކުރިން މިއިދާރާއަށެވެ.
މިމަޤާމަށް އެދިހުށައަޅާ ފަރާތްތަކަށް އިންޓަވިއުކުރުން އޮންނާނީ 2026 އޮގަސްޓް 04 ން 13 އާއި ދެމެދު ދުވަހު، ރ. އުނގޫފާރު ކައުންސިލްއިދާރާގައެވެ.
