ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
މިނިވަން ދުވަހާ ގުޅިގެން ޤައުމީ ދާރުލްއާސާރާއި ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ބަންދުކުރުން.

2026 ވަނަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، 2026 ޖުލައި 26 އިން 2026 ޖުލައި 27 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެހިފައިވާތީ، އެ މުއްދަތުގައި ޤައުމީ ދާރުލްއާސާރު އަދި ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ބަންދުވާނެ ވާހަކަ ދެންނެވީމެވެ. ޤައުމީ ދާރުލްއާސާރު ދެން ހުޅުވޭނީ 2026 ޖުލައި 28 ވާ އަންގާރަ ދުވަހުއެވެ.

އިސްވެ ދެންނެވި ދުވަސްތައް ފިޔަވައި ސަރުކާރު  ބަންދު ނޫން ކޮންމެ ދުވަހަކު ޤައުމީ ދާރުލްއާސާރު ހުޅުވާފައި ހުންނާނީ ހެނދުނު 10:00 ން 16:00 އަށެވެ. އަދި ޓިކެޓު ވިއްކާނީ 10:15 ން 15:30 އަށެވެ. ހުކުރު ދުވަހު ޤައުމީ ދާރުލްއާސާރު ބަންދުވާނެއެވެ.

 

ހުވަދޫ ސަރަޙައްދީ ދާރުލްއާސާރު ހުޅުވާފައި ހުންނާނީ ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 8:00 ން 14:00 އަށެވެ. ސަރުކާރު ބަންދު ދުވަސްތަކުގައި ހުވަދޫ ސަރަޙައްދީ ދާރުލްއާސާރު ބަންދުވާނެއެވެ.

 

 

**********************

08  ޞަފަރު  1448 ހ.

22   ޖުލައި  2026 މ.

25 ޖުލައި 2026
ހޯދާ