ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބޭނުންކުރަމުންދާ "ކޯހާ" ވެބްސައިޓް ޑިވެލޮޕް ކޮށްދިނުމުގެ މަސައްކަތައް ކޮޓޭޝަން ހުށަހެޅުމާ ގުޅޭ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބޭނުންކުރަމުންދާ "ކޯހާ" ވެބްސައިޓް ޑިވެލޮޕްކޮށްދިނުމަށް ޓާސްކް ބޭސްޑް ޑިވެލޮޕަރެއްގެ ގޮތުގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝަޢުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މި މައްކަތަށް ކޮޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތާ ގުޅޭ ޓީ.އޯ.އާރު މި އިޢުލާނާއި އެކީ އެޓޭޗްކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވަން ބޭނުންވެލައްވާނަމަ 28 ޖުލައި 2026ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް މެއިލް މެއިލްކޮށްދެއްވުން އެދެމެވެ.
މި އިޢުލާން އާއި ގުޅިގެން ކޮޓޭޝަން ފޮނުވާނީ [email protected] މެއިލް އެޑްރެހަށް، 29 ޖުލައި 2026ވާ ބުދަ ދުވަހުގެ 14:00ގެ ކުރިންނެވެ.
09 ޞަފަރު 1448
