މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޕާކިސްތާން ޓެކްނިކަލް އެސިސްޓެންސް ޕްރޮގްރާމް 2026-2027

ޕާކިސްތާން ޓެކްނިކަލް އެސިސްޓެންސް ޕްރޮގްރާމް 2026-2027

(ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީގެ ފަރާތުން ލިބިފައިވާ ފުރުޞަތު)

ޤައުމު:  ޕާކިސްތާން

2 ބެޗުލަރސް

ކޯހުގެ ލެވެލް:

ބެޗުލަރސް އޮފް ސައިންސް އިން އިންޖީނިއަރިންގ

ޑީ. ފާމަސީ

ކޯހުގެ ދާއިރާ:

 ބެޗުލަރސް ޑިގްރީ

  1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް  ހާސިލުކުރައްވާފައިވުން.
  2. ފާމަސީ ކޯހަށް އެޕަލިކޭޝަން ހުށަހަޅާ ކެންޑިޑޭޓުން، ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުގެ އިނގިރޭސި، ކެމިސްޓްރީ، ބައޮލޮޖީ އަދި ފިޒިކްސް  މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ޙާޞިލްކުރައްވާފައިވުން.
  3. ބީ.އެސް.ސީ އިން އިންޖިނިއަރިންގ ކޯހަށް އެޕްލިކޭޝަން ހުށަހަޅާ ކެންޑިޑޭޓުން، ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުގެ އިނގިރޭސި، ކެމިސްޓްރީ، ފިޒިކްސް އަދި ހިސާބު 03 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ޙާޞިލްކުރައްވާފައިވުން.
  4. ނަންބަރު 1 ގައި ބުނާ 3 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކޮށްފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ ތިރީގައިވާ ފާސްތަކުގެ ތެރެއިން ފާހަކަށެވެ.ހ.CAE/CPE  އިން "ސީ" އިން ފެށިގެން މަތީގްރޭޑެއްށ.IELTS  އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތިނ.TOEFL  550 އިން ފެށިގެން މަތި.
  5. އެދޭ ކޯހާއި ގުޅޭގޮތުން ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓުގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ފުރިހަމަވެފައިވުން.

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

  1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.
  2. އެދޭ ކޯހަކީ މިހާރު ފުރިހަމަ ކޮށްފައިވާ އެންމެ މަތީ ފާހަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި.

  1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭން ބޭރުގެ ސެޓްފިކެޓެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން (އެމް.ކިއު.އޭ) އިން ވެލިޑޭޓްކޮށްފައި).
  2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)
  3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
  4. މުއްދަތު ހަމަނުވާ ޕާސްޕޯޓްގެ ޑާޓަރ ޕޭޖް ސާފު ސްކޭން ކޮޕީ.
  5. 04 ޕާސްޕޯޓް ސައިޒް ފޮޓޯ (ނޮމިނޭޓްވުމުން ހުށަހެޅުމަށް)
  6. ކޯހާއި ގުޅޭގޮތުން އަޕްލޯޑުކުރެވިފައިވާ ޔުނިވަރސިޓީގެ މަޢުލޫމާތު ޝީޓުގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށް ދިނުމަށްޓަކައި، އެއާގުޅޭ ލިޔުން.
  7. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން ކެންޑިޑޭޓް މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.
  8. މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މި ޕްރޮގްރާމަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަން ބަޔާންކުރާ، ކެންޑިޑޭޓްގެ ލިޔުމެއް.

ހުށަހަޅަންޖެހޭ ތަކެތި:

  • މި ޕްރޮގްރާމުގެ ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ، ޕީ.ޓީ.އޭ.ޕީގެ ފަރާތުންނެވެ.
  • މި ޕްރޮގްރާމުގެ ހުރިހާ ޚަރަދެއް ހަމަޖައްސަން ޖެހޭނީ ދަރިވަރު އަމިއްލައަށެވެ.
  • މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ކެންޑިޑޭޓުންގެ ތެރެއިން  މިމިނިސްޓްރީއިން ނޮމިނޭޓް  ކުރެވޭ ކެންޑިޑޭޓުން މި މިނިސްޓްރީން އެންގުމުން، ޕީ.ޓީ.އޭ.ޕީ ގެ އެޕްލިކޭޝަންއާއި އެއާއިއެކު ހުށަހަޅާފައިވާ ޑޮކިއުމެންޓްތަކުގެ އެޓެސްޓެޑް އޮރިޖިނަލް އަދި ކޮޕީ ސެޓެއް 02 އޮގަސްޓް 2026 ގެ 12:00 ކުރިން މިމިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ. އަދި މި އެޕްލިކޭޝަންއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްޞީލް މި މިނިސްޓްރީގެ ވެބްސައިޓުންނާއި ތިރީގައިވާ ލިންކް މެދުވެރިކޮށް ލިބޭނެއެވެ.
  • www.ead.gov.pk

* ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕްގެ ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި މި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުޞަތު ދޫކޮށްލަން ޖެހޭނެއެވެ.

* އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

* މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ.

 

އިތުރު މަޢުލޫމާތު:

30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން

ސުންގަޑި:  

އެޕްލިކޭޝަން ހުށަހަޅާނީ https://kuri.egov.mv ޕޯޓަލް މެދުވެރިކޮށެވެ.  

އިތުރު މަޢުލޫމާތު ސާފުކުރުމަށް 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

23 ޖުލައި 2026
ހޯދާ