ދިވެހިރާއްޖެ
އިޢުލާން
ދޯނިއެހެލާ ސަރަހައްދު ސާފްކުރުމާއި ގުޅޭ
މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ، ކ. ދިއްފުށީ ބަނދަރު ސަރަޙައްދުގައި ހިއްކާފައިވާ ފަސްގަނޑު (ބޯޓުޔާޑު ސަރަޙައްދުގެ ދޯނި އެހެލާ ސަރަޙައްދު) ހުސްކުރުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ. އެހެންކަމުން، އެ ސަރަޙައްދުގައި އެހެލާފައިވާ ނުވަތަ ބަހައްޓާފައިވާ އެންމެހައި އުޅަނދުފަހަރާއި ތަކެތި ނެގުމަށް އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
ވުމާއެކު، އިޢުލާނާއެކުވާ ޗާޓާއި ފޮޓޯ ލިސްޓުގައި ހިމެނޭ އުޅަނދުތަކުގެ ވެރިފަރާތްތަކުން، މިއަދުން ފެށިގެން ސަރުކާރު ބަންދުނޫން 20 (ވިހި) ދުވަހުގެ ތެރޭގައި މި ކައުންސިލަށް ހާޒިރުވެ ނުވަތަ 6640071 / 7730071 ނަންބަރު ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އުޅަނދުތަކުގެ ތަފްސީލު ހުށަހަޅައި އެ ތަކެތި އެ ސަރަޙައްދުން ގެންދިއުމަށް ދަންނަވަމެވެ. އުޅަނދުތަކުގެ ތަފްސީލު ހުށަހަޅާއިރު، ކައުންސިލުން އެ އުޅަނދަކަށް ދީފައިވާ ނަންބަރާއި، ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީ އަދި ގުޅޭނެ ނަންބަރު ހިއްސާކުރަންވާނެއެވެ. މި މަޢުލޫމާތުތައް ކައުންސިލްގެ ވައިބަރ ނަންބަރު މެދުވެރިކޮށް އަދި ކައުންސިލް މެއިލް ([email protected]) އަށް ވެސް ފޮނުވޭނެއެވެ.
ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނަގާފައިނުވާ އުޅަނދުތަކަކީ ވެރިފަރާތެއް ނެތް ނުވަތަ ބޭނުންނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލައި، ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތިން އެ ތަކެތި ނަގައި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ. އަދި މިކަމުގެ ސަބަބުން ލިބިދާނެ އެއްވެސް އުނިކަމަކަށް ނުވަތަ ގެއްލުމަކަށް މި ކައުންސިލުން ޒިންމާ ނުނަގާނެވާހަކަ ދަންނަވަމެވެ.
މިފަދަ ކަންކަމުގައި ރަށުގެ އާންމު ރައްޔިތުން މިކައުންސިލަށް ދެއްވާ އެއްބާރުލުން ފާހަގަކޮށް، މިފުރުސަތުގައި ޝުކުރު ދަންނަވަމެވެ.
