ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ަުކައުންސިލްގެ ފަރާތުން ޖުލައިމަހު ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގެ ދަޢުވަތު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ 107 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކު ޖުލައިމަހު ރަށު ކައުންސިލްތަކުން އެރަށެއްގެ ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުން، ގދ. ރަތަފަންދޫ ކައުންސިލްގެ ފަރާތުން 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:00 ގައި ރަތަފަންދޫ ސުކޫލް ހޯލުގައި އޮންނާނެއެވެ. މިބައްދަލުވުމުގައި 2027 ވަނަ އަހަރުގެ ކައުންސިލްގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ޚިޔާލު ހޯދުން އޮންނާނެއެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރާ 2027 ގެ ޑްރާފްޓް ބަޖެޓް އަދި އެކްޓިވިޓީ ޕްލޭން މި އިޢުލާންއާއި އެކީ އެއްހީރަސްކުރެވިފައި އެވަނީއެވެ.

ވީމާ، މި ބައްދަލުވުމުގައި ރަތަފަންދޫގެ ވީހާ ގިނަ ރައްޔިތުން ބައިވެރިވެ ވަޑައިގެންދެއްވުން އެދި ދަޢުވަތު އެރުވީމެވެ.

23 ޖޫން 2026
ހޯދާ