ދިވެހިރާއްޖެ
ނަންބަރު: MNU-CA-NL/2026/10
ނީލަމުގައި ބައިވެރިވުމުގެ ދައުވަތު
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެންޖެނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ ގެ ބައު ތަކެތި ނީލަމުގައި ވިއްކުން
މި އޮފީހުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން ސޯސަން މަގުގައި ހުންނަ މި އޮފީހުގެ ކިއު.ބްލޮކް ( ފެކަލްޓީ އޮފް އެންޖެނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ / ގްރައުންޑް ފޮލޯގައި 06 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެއެވެ.
މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 06 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ސޯސަން މަގުގައި ހުންނަ މި އޮފީހުގެ ކިއު.ބްލޮކް (ފެކަލްޓީ އޮފް އެންޖެނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ / ގްރައުންޑް ފުލޯ) އަށް ޙާޟިރުވުން އެދެމެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 06 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ކިއު.ބްލޮކަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މި ޔުނިވަރސިޓީގެ ރެވެނިއު ސެކްޝަނަށް ދެއްކުމަށްފަހު،ލަސްވެގެން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި ޔުނިވަރސިޓީއަށް ނެގުމުގެ އިޚްތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
|
ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ؛ |
|
ފެކަލްޓީ އޮފް އެންޖެނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ކ.މާލެ، ދިވެހިރާއްޖެ ފޯން: 3345444 އީ-މެއިލް: [email protected] |
23 ޖުލައި 2026
