ދިވެހިރާއްޖެ
އިޢުލާން
- ރަތަފަންދޫ ޞިނާޢީ ސަރަޙައްދު 7 ނަންބަރު ބިން ކުއްޔަށް ދޫކުރުން
 
ރަތަފަންދޫ ޞިނާޢީ ސަރަހައްދުގެ 7 ނަންބަރު ބިން، މިހާރު އެބިމުގައި ހުރި ޢިމާރާތްތަކާއެކު 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ބޭނުންވެފައެވެ.
ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ފެބުރުވަރީ 2016 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ތަން ބައްލަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަތަފަންދޫ ކައުންސިލްގެ އިދާރާގެ ނަންބަރު: 6840016 ފޯނާއި ރަސްމީގަޑީގައި ގުޅުއްވުމުން އެކަމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. މި އިދާރާއިން ކުރެވުނު ނަންބަރު: IUL)420-PM/242/2016/3) ގެ އިޢުލާނަށް އިޖާބަދީފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ވަނީ ބާޠިލުކޮށްފައެވެ.
| 
 1  | 
 ޞިނާޢި ސަރަހައްދުގެ 7 ނަންބަރު ބިން މިހާރު ތަނުގައި ހުރި ޢިމާރާތްތަކާއެކު  | 
 5000 އަކަފޫޓު  | 
 -/1000 ރުފިޔާ  | 
ބިމުގައި މިހާރު ހުރި ޢިމާރާތްތަކުގެ ތަފުސީލު
1- ޢިމާރާތް 10.33x10.83 ފޫޓުގެ އެޅިގަލުން ރާނައި ތަޅުން އަޅާފައި ދޮރު ފަތެއްނެތް.
އިސްވެ ދެންނެވުނު ބިމަށް ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު ބިން ތަރައްޤީ ކުރުމަށް ގަސްތުކޮށްފައިވާގޮތް ކުއްޔަށް ހިފުމަށް ހުށަހަޅުއްވާ ކުލި، އިޖުތިމާޢީ ކަންކަމަށް ޚަރަދުކުރާނެ ގޮތުގެ ތަފުސީލު ހުށަހަޅުއްވަންވާނެއެވެ.
- އިސްވެ ދެންނެވުނު ބިންތަކުގައި ނުކުރެވޭނެ ކަންތައްތައް
 
1– ލުއިކާނާގެ ބާވަތްތަކުގެ ކާބޯތަކެތި އުފައްދައި ބަންދު ކުރުމުގެ މަސައްކަތް
- ބިން ކުއްޔަށް ހިފާފަރާތަކުން އިޖުތިމާޢީ ކަންކަމަށް ކުރަންޖެހޭ ޚަރަދު
 
1- މި ބިން ކުއްޔަށް ހިފާފަރާތަކުން ރަށުގެ އިޖުތިމާޢީ ކަންކަމަށް މަދުވެގެން މަހަކު -/500 ރ. ކައުންސިލަށް ދައްކަންޖެހޭނެއެވެ.
- ބިން ތަރައްޤީކުރުން
 
ރަތަފަންދޫ ޞިނާޢީ ސަރަޙައްދުގެ 7 ނަންބަރު ބިން ކުއްޔަށް ހިފާފަރާތަކުން ބިންކުއްޔަށް ހިފާތާ 18 މަސްދުވަހުގެ ތެރޭގައި ބިމުގެ ވަށާފާރު ރޭނުމަށްޓަކައި އަޅަންޖެހޭ ފައުންޑޭޝަން އަޅައި ނިންމަންޖެހޭނެއެވެ. އަދި ފުރަތަމަ 5 އަހަރުދުވަހުގެ ތެރޭގައި 2 ފޫޓު އުސްމިނަށް ރަނގަޅުފެންވަރަކަށް ފާރު ރާނައި ނިންމަންޖެހޭނެއެވެ.
- ބިން ކުއްޔަށް ހިފާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ދޫކޮށްލުން
 
ބިން ކުއްޔަށް ހިފިފަރާތުން 18 މަސްދުވަސް ނުވަނީސް ބިން ދޫކޮށްލާނަމަ ބިން ބޭނުންކުރި މުއްދަތަށް ފައުންޑޭޝަންގެ އަގަށްވާ ފައިސާ، ކައުންސިލަށް ދައްކަންޖެހޭނެއެވެ. ބިން ކުއްޔަށް ހިފި މުއްދަތު ހަމަވުމުގެ ކުރިން ބިން ދޫކޮށްލާނަމަ، ބިމުގެ ކުއްޔާއި، އިޖުތިމާޢީ ކަންކަމަށް ޚަރަދު ކުރުމަށް އެއްބަސްވެފައިވާ ފައިސާގެތެރެއިން 6 މަސްދުވަހުގެ ފައިސާ ކައުންސިލަށް ދައްކަންޖެހޭނެއެވެ.
ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
- ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި، އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ، އަމިއްލަ ފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ
 - ކޮމްޕެނީ ޕްރޮފައިލް
 
މި އިދާރާއިން ބަލާނެ ކަންތައްތައް
1- ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ؟
މާކްސް ދެވޭގޮތުގެ ތަފުސީލު:
| 
 މާކްސް ދެވޭނެ ކްރައިޓީރިއާ  | 
 މާކްސް ދެވޭގޮތް  | 
 ތަފުސީލު  | 
| 
 ހުށަހަޅާ މަހުކުއްޔަށް  | 
 50%  | 
  | 
| 
 ބިން ތަރައްޤީކުރުމަށް ގޯތީގެ ވަށައި އިންފާރު ރޭނުން  | 
10% | 
  | 
| 
 އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް  | 
 40%  | 
  | 
17 ރަބީޢުލްއާޚިރު 1437
