މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް މެޑިސިން ރެގިއުލޭޓަރީ އޮފިސަރ - މޯލްޑިވްސް ފުޑް އެންޑް ޑްރްގް އޮތޯރިޓީ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނަންބަރު 182/182/2026/41(IUL) އިޢުލާނަށް މީހަކު ލިބިފައިނުވާތީ، އަލުން މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު:

އެސިސްޓަންޓް މެޑިސިން ރެގިއުލޭޓަރީ އޮފިސަރ

މަޤާމުގެ ނަންބަރު:

J-451495 , J-451496 , J-451497

ބޭނުންވާ އަދަދު:

03 (ތިނެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 4 – ސްޓެޕް 1

ޑިވިޝަން/ ސެކްޝަން:

ބޯޑަރ ކޮންޓްރޯލް، މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ސެކްޝަން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އެއަރޕޯޓް/ ސީޕޯޓް

މުސާރަ:

-/9405 ރުފިޔާ

މަޤާމުގެ އެލަވަންސް:

-/2821 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް.
  3. ހާޒިރީ އިނާޔަތް: ހާޒިރުވާ  ކޮންމެ ދުވަހަކަށް -/76ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރާއްޖެ އެތެރެކުރެވޭ ބޭހާއި ވެކްސިން އަދި ބައޮލޮޖިކަލްސް އެތެރެވަނީ މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީގެ ބޭހާއި ބެހޭގޮތުން ހެދިފައިވާ ގަވައިދާއި ޕްރޮސީޖަރތަކާއި، ISO9001:2015އާ އެއްގޮތްވާގޮތުގެ މަތިން ބޭސް އެތެރެކުރެވެނީ ހުންނަންޖެހޭ ފިނިހޫނުމިނާއި ކަނޑައެޅިފައިވާ ސްޓޭންޑަރޑް ގައި ތޯ ބަލައި ޔަގީން ކުރުމާއި ރާއްޖެ އެތެރެވާ ބޭހަކީ އެޕްރޫވް ޑްރަގް ލިސްޓްގައި ހިމެނޭ ބޭސްކަން ކަށަވަރުކުރުމުގެ ގޮތުން ޕޯޓްތަކުގައި ކުރަން ޖެހޭ އިންސްޕެކްޝަން ހަދައި ޝިޕްމަންޓްތަކަށް ކްލިއަރެންސް ދިނުމާއި މިންގަޑަށް ނުފެތޭބޭހާއި ހުއްދަނޫން ބޭސް އެތެރެވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތް ދާއިމީ ގޮތެއްގައި ތަރައްގީ ކޮށް ފެންވަރު ރަނގަޅުކުރުމުގެ އެން މެހައި މަސައްކަތްތައް ކުރުން.
  2. ރާއްޖެ އެތެރެކުރެވޭ ބޭހާއި ވެކްސިން އަދި ބައޮލޮޖިކަލްސް އަށް ކްލިއަރެންސް ދިނުމަށްފަހު އެތެރެކުރެވޭ އަދި ހިފެހެއްޓޭ ބޭހުގެ ރެކޯޑްސް ބަލަހައްޓައި ދެމެހެއްޓުމުގެ އިތުރުން މި މައުލޫމާތު ތަކުގެ ފެންވަރު ހަރުދަނާ ކޮށް މި ނިޒާމް ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތައްކުރުން.
  3. ޕޯޓް ތަކުގައި ކުރެވޭ މަސައްކަތްތަކުގެ މައުލޫމާތު، ޔައުމިއްޔާ އަދި އަހަރީ ރިޕޯޓަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ ބެލެހެއްޓުމަށްޓަކައި މައުލޫމާތު ޑޭޓާ އެންޓްރީއަށް އެންޓަރކޮށް އެންމެހައި ލިއެކިއުންތައް ފައިލްކޮށް ބެލެހެއްޓުން އަދި ޕޯޓްގައި ކުރެވޭ އިންސްޕެކްޝަންތަކުގެ މައުލޫމަތު ތަކާއި ރިކޯޑްސްތައް ފެންވަރު ރަނގަޅުކޮށް ބަލަހައްޓައި ދެމެހެއްޓުން.
  4. ޕޯޓްގައި ކުރެވޭ އިންސްޕެކްޝަން ތަކުގެ މައުލޫމާތު ތަކާއި ރިކޯޑްސްތައް ފެންވަރު ރަނގަޅުކޮށް ބަލަހައްޓާ ކުށްފިލުވާ ދެމެހެއްޓުމާއި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ސުޕަވައިޒަރަށް ހުށައެޅުން.
  5. ޕޯޓްގެ މަސައްކަތްތަކާ ގުޅޭ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާއި ގައިޑްލައިންތައް އެކުލަވާލާ، މުރާޖަޢާކޮށް، އަދި ބޭނުންވާ އިސްލާހުތައް ގެނައުން.
  6. ރާއްޖެ އެތެރެކުރެވޭ ބޭހާއި ވެކްސިން އަދި ބައޮލޮޖިކަލްސްއަށް ކްލިއަރެންސް ދިނުމަށްފަހު އެތެރެކުރެވޭ ބޭހުގެތެރެއިން ޓެސްޓުކުރަން ބޭނުންވާ ބޭސްތަކުގެ ސާމްޕަލް ނަގައި، ހެޑް އޮފީހަށް ފޮނުވުން.
  7. މާކެޓްގައި ވިއްކަން ހުންނަ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހިންގަންޖެހޭ ޕޯސްޓްމާކެޓް ސަރވެލަންސް މަސައްކަތުގައި ބައިވެރިވުން.
  8.  އެތެރެކުރެވޭ އަދި ހިފެހެއްޓޭ ރާއްޖެ އެތެރެކުރެވޭ ބޭހާއި ވެކްސިން އަދި ބައޮލޮޖިކަލްސްއަށް ކްލިއަރެންސް ދިނުމަށްފަހު ބޭހުގެ މަޢުލޫމާތުތައް ޕޯޓަލްއަށާއި ކަނޑައެޅިފައިވާ ޝީޓްތަކަށް އަޕްޑޭޓްކޮށް، އެ މަޢުލޫމާތުތައް ގަވާއިދުން ބަލަހައްޓާ ދެމެހެއްޓުން.
  9. ރާއްޖޭގެ ފާމަސީ ތަކުގައި ވިއްކާ ބޭސްތަކުގެ ކޮލިޓީއާއި ފާމަސީގެ ސްޓޭންޑާއި ޕްރެކްޓިސް ގަވާއިދާ އެއްގޮތަށް ހުރިތޯބެލުމަށް އިންސްޕެކްޓް ކުރުމާއި ކަނޑައެޅިފައިވާ އުސޫލުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރިއަށް ގެންދިއުން.
  10. އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.
  11. ޕޯޓް ތަކުން ދާއިމީ ކޮށް ހިފަހައްޓާ ބޭސް، ނައްތާލުމުގެ މަސައްކަތް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ކުރިއަށް ގެންދިއުން.
  12. އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން އަދި ޞިއްޙީ އެމަރޖެންސީއާއި ކާރިސާތަކުގައި ޢަމަލީގޮތުން މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

-          މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ހާސިލްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

  1. ފާމަސޫޓިކަލް ސައިންސް  
  2. ފާމަސީ  
  3. ފާމަސީ އެސިސްޓެންޓް  

ގުޅޭ ވަޒީފާގެ ދާއިރާތައް:

-          ފާމަސީ (ބޭހާއި މެޑިކަލް ޑިވައިސްތަކުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމަށް ކުރަންޖެހޭ ރެގިއުލޭޓަރީ މަސައްކަތްތަކާގުޅޭ ފަންނީ އަދި ދިރާސާއާގުޅޭ މަސައްކަތްތައް)

-          ފާމަސީ (ފާމަސޫޓިކަލް އާގުޅުން ހުރި ރެގިއުލޭޓަރީ މަސައްކަތްތަކާގުޅޭ ފަންނީ އަދި ދިރާސާއާގުޅޭ މަސައްކަތްތައް)

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 06 އޯގަސްޓް 2026ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބާއްވާ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އަދި އިންޓަރވިއު އޮންނާނީ، 2026 އޯގަސްޓް މަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި  އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected]  އަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3034211 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

23 ޖުލައި 2026
ހޯދާ