ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޅު ގޯތިތައް ސާފުކުރުމާ ގުޅޭ:

މިރަށުގެ އެކި ސަރަޙައްދުތަކުގައި ހުރި ފަޅު ގޯތިތަކަށް އާންމު ކުނި އަޅައި، އަދި އެކި ބާވަތުގެ ސިނާއި މަސައްކަތްތަކާއި ގުޅިގެން އުފެދޭ ކުނި (ވެލި، ގައު، ސިމެންތި ބަސްތާ، ބާ ދަގަނޑު އަދި ލަކުޑި ފަދަ ތަކެތި) ޖަމާކޮށްފައި ހުރުމުގެ ސަބަބުން، މަދިރި އާލާވެ، އާންމު ސިއްޙަތަށާއި ރަށުގެ ނަލަކަމަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާކަމުގެ ޝަކުވާ މި ކައުންސިލަށް ދަނީ ލިބެމުންނެވެ.

އެހެންކަމުން، މިރަށުގައި ހުރި ފަޅު ގޯތިތަކުގެ ވެރިން، އެ ގޯތިތަކުގައި ހުރި އާންމު ކުންޏާއި ސިނާއި މަސައްކަތްތަކާއި ގުޅިގެން އުފެދޭ ކުނި ހިމެނޭހެން ހުރިހާ ބާވަތެއްގެ ކުނި ނަގައި، ގޯތިތައް ސާފުކުރުމަށް އަންގައި އިޢުލާން ކުރީމެވެ.

ރަށުގެ ވެށި ރައްކާތެރިކޮށް ބޭއްވުމަކީ އެންމެނާއި ގުޅިފައިވާ ޒިންމާއަކަށް ވާތީ، މި މަސައްކަތުގައި އެންމެހައި ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމަށް އުއްމީދުކުރަމެވެ.   

23 ޖުލައި 2026
ހޯދާ