އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އދ.އޮމަދޫ ޞިއްޙީ މަރުކަޒު ލެބޯޓްރީއެއް ގާއިމްކުރުމަށް ބޭނުންވާ ކޮޓަރީގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިމަރުކަޒުގައި ލެބޯޓްރީއެއް ގާއިމްކުރުމަށް ބޭނުންވާ ކޮޓަރީގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުން ފެށިގެން 03 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާ ގުޅޭ ސައިޓް އިންސްޕެކްޝަން އޮންނާނީ 05 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި (އދ.އޮމަދޫ ޞިއްޙީމަރުކަޒު) ގައެވެ. ސައިޓް އިންސްޕެކްޝަންގައި ބައިވެރި ނުވެވޭ ފަރާތް ތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 11 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި މި މަރުކަޒުގެ އޮފީސް (އދ.އޮމަދޫ ގުޑްނައިޓް ގެ) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 09 އޮގަސްޓް 2026 ވާ އަންގާރަ ދުވަހު މެންދުރު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

22 ޖުލައި 2026
ހޯދާ