|
ވަޒީފާގެ އިޢުލާނު
|
|
މަޤާމު:
|
ސްޓޭޓް ލީގަލް ސަޕޯޓް ޑެޕިއުޓީ އޮފިސަރ
|
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
|
މަޤާމުގެ ބާވަތް:
|
ދާއިމީ
|
|
ޕަބްލިކް ސަރވިސް ރޭންކް:
|
05
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސްޓޭޓް ލީގަލް ސަޕޯޓް ޕްރޮފެޝަނަލްސް
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ބަންޑާރަނައިބުގެ އޮފީސް/ މާލެ
|
|
އަސާސީ މުސާރަ:
|
-/11,290ރުފިޔާ
|
|
މަޤާމުގެ އެލަވަންސް:
|
-/4,265 ރުފިޔާ
|
|
ހާޒިރީ އެލަވަންސް:
|
-/135 ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)
|
|
މަޤާމުގެ ޝަރުތުތައް:
|
މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- އޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަންގެ އަންނަނިވި މަސައްކަތްތައް ކުރުން:
- އޮފީހަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ހޯދައި، ލިޔެކިޔުންތައް ފުރިހަމަކޮށް ބެލެހެއްޓުން.
- އޮފީހުން ކުރާ ބިޑަށް ހުޅުވާލާ އިޢުލާންތައް ތައްޔާރުކުރުމާއި، މަޢުލޫމާތު ކަރުދާސް ތައްޔާރުކުރުމާއި، ބިޑުތައް ބަލައިގަތުމާއި، ބިޑާ ގުޅުންހުރި އެންމެހައި މަސައްކަތެއް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ކުރުން.
- އޮފީހުގެ ބިޑު ކޮމެޓީއަށް ހުށަހަޅަންޖެހޭ މައްސަލަތައް އެޖެންޑާކުރުމާއި، ބިޑު ކޮމެޓީގެ ބައްދަލުވުން ބެލެހެއްޓުމާއި، ބިޑު ކޮމިޓީން ނިންމާ ނިންމުން ތަންފީޒުކުރުމާއި، އެ މަސައްކަތާ ގުޅުންހުރި ލިޔެކިޔުންތައް ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން.
- އޮފީހުން ހޯދާ ޚިދުމަތްތަކާއި ގަންނަ ތަކެއްޗާ ގުޅިގެން ތައްޔާރުކުރަންޖެހޭ މަސައްކަތު އެއްބަސްވުން ތައްޔާރުކުރުމާއި، އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތައް ހިނގާނުހިނގާތޯ ބެލުމާއި، އެއްބަސްވުމުގެ ދަށުން މަސައްކަތްތައް ލަސްވަމުންދާނަމަ، ސެކްޝަން ހެޑުގެ އިރުޝާދާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- އޮފީހުން ހޯދައި ތަކެތި އިންވެންޓަރީއަށް ވެއްދުމާއި، އިންވެންޓަރީ އަދި އެސެޓް ރަޖިސްޓަރީ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އިންވެންޓަރީން ދޫކޮށްލަން ނުވަތަ ނައްތާލަންޖެހޭ ތަކެތި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ނައްތާލާ، ލިޔެކިޔުންތައް ބެލެހެއްޓުން.
2. އޮފީހުގެ އޮފީސް މެނޭޖްމަންޓް ސެކްޝަންގެ އަންނަނިވި މަސައްކަތްތައް ކުރުން:
- އޮފީހުގެ ސްޓޮކަށް ބޭނުންވާ ތަކެތި ހޯދުމާއި، ސްޓޮކުން ތަކެތި ދޫކުރުމާއި ސްޓޮކުގެ ރެކޯޑުތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން.
- އޮފީހުގެ މަރާމާތާގުޅުންހުރި އެންމެހައި މަސައްކަތްތައް ބަލައި ދެނެގަނެ، މަރާމާތްކުރާނެ ފަރާތްތައް ހޯދުމާއި، އޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަނާ ގުޅިގެން މަސައްކަތް ޙަވާލުކުރުމާއިމ މަރާމާތުގެ މަސައްކަތްތައް ބަލަހައްޓައި ނިންމުން.
- އޮފީހުގެ ވެހިކަލް ބެހެލެއްޓުމާއި، ވެހިކަލްގެ މަރާމާތާގުޅުންހުރި އެންމެހައި މަސައްކަތްތައް އޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަނާ ގުޅިގެން މަސައްކަތް ޙަވާލުކުރުމާއި މަރާމާތުގެ މަސައްކަތްތައް ބަލަހައްޓައި ނިންމުން.
- އޮފީސް ފޮޅާ ސާފުކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތްތައް ހޯދުމާއި، ފޮޅާސާފުކުރުމުގެ މަސައްކަތްތައް ޙަވާލުކުރާ ފަރާތުން މަސައްކަތްކުރާގޮތްތައް ބެލެހެއްޓުމާއި، މަސައްކަތްތައް ހިނގާނުހިނގާގޮތް ބެލެހެއްޓުން.
3. މަޤާމާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން:
- އޮފީހުން އަންގާ ގޮތެއްގެ މަތިން އޮފީސް ޑިއުޓީ ނެގުމާއި އޮފީސް ހުޅުވާ ލެއްޕުން.
- އޮފީހުން އިންތިޒާމްކުރާ އެކި ހަފްލާތަކާއި ޖަލްސާތަކުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިވެދިނުން.
- ރަސްމީ ގަޑީގެ އިތުރުން ނުރަސްމީ ގަޑިތަކުގައި، ކަނޑައެޅިފައިވާ ޑިވިޜަންތަކުން އަންގާގޮތެއްގެ މަތިން މަސައްކަތަށް ނުކުތުން.
|
|
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ބަންޑާރަނައިބުގެ އޮފީހުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ސާފު ކޮޕީއެއް.
- އެހެން އިދާރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- މަޤާމުގެ އަސާސީ ޝަރުތު ހަމަކުރުމަށް ބޭނުންވާ ތަޢުލީމީ ސެޓުފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެޓެސްޓްކޮށްފައި)؛
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ
- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ
- ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ސެޓިފިކެޓް ނެތް ޙާލަތެއްގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ (އެޓެސްޓްކޮށްފައި):
- މަޤާމުގެ ނަމާއި، ރޭންކް އަދި ކްލެސިފިކޭޝަން ހިމެނޭނަމަ، އެ މަޢުލޫމާތުތައް ހިމެނުމަށް؛
- ލިބޭ މުސާރަ އާއި އިނާޔަތްތައް (ވަކި ވަކިން އެނގޭނެގޮތަށް ހިމެނުމަށް)؛
- ވަޒީފާ އަދާކުރި މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭނެގޮތަށް)؛
- ވަޒީފާގެ މަސްއޫލިއްޔަތުތަކާއި މައިގަނޑުކޮށް މަސައްކަތްކޮށްފައިވާ ދާއިރާ؛
7. 18 އަހަރުން ދަށުގެ ކުޑަކުއްޖެއްނަމަ، ބެލެނިވެރިޔާ ނުވަތަ ޝަރުޢީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
- މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 އޯގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން، އީ-މެއިލް މެދުވެރިކޮށް [email protected] އަށެވެ.
- އެޕްލިކޭޝަން އާއި ސަޕޯޓިންގ ޑޮކިއުމަންޓްތައް އީ-މެއިލްކުރަންވާނީ ހުރިހާ ޑޮކިއުމަންޓްތަކެއް ޕީޑީއެފް ފޯމެޓްގައި އެއް ފައިލްއަކަށް ހަދާފައެވެ. ޕީޑީއެފް ފޯމެޓް ނޫން އެހެން ފޯމެޓްގައި ހުންނަ ޑޮކިއުމަންޓްތައް ނުވަތަ ވަކިވަކިން އެޕްލިކޭޝަންއާއެކު އީ-މެއިލްކުރާ ޑޮކިއުމަންޓްތައް ބަލައެއް ނުގަނެވޭނެއެވެ.
- އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
އިންޓަރވިއުއަށް ކިޔުން
|
- މަޤާމުގެ އިންޓަރވިއުއަށް ކިޔާނީ، ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލުގެ ދަށުން ހަމައެކަނި ޝޯޓްލިސްޓްވާ ކެންޑިޑޭޓުންނެވެ.
- އިންޓަރވިއު ބޭއްވޭނީ އޯގަސްޓް މަހުގެ ތެރޭގައެވެ. އެހެންކަމުން މި މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވެވޭ ގޮތަށް ޝޯޓްލިސްޓްވާ ކެންޑިޑޭޓުން ހުންނަންވާނެއެވެ.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި މަޤާމަށް ޕޮއިންޓްދޭނެ މިންގަނޑު 'ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލު' ގައި ހިމަނާފައިވާނެއެވެ.
|
|
|