އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑަށް ބޭނުންވާ ސާރވަރ އަދި ރެކް-މައުންޓަބަލް ސްމާރޓް ޔޫ.ޕީ.އެސް ސްޕެސިފިކޭޝަން އާއި އެއްގޮތަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ހުށަހަޅާ ސްޕެސިފިކޭޝަންއާއި ސާރވަރ އަދި ރެކް-މައުންޓަބަލް ސްމާރޓް ޔޫ.ޕީ.އެސް އެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން (IUL)453/1/2026/41 އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ، އަލުން މި މަސައްކަތަށް ފުރުސަތު ހުޅުވާލަމެވެ.

އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑަށް ސާރވަރ އަދި ރެކް-މައުންޓަބަލް ސްމާރޓް ޔޫ.ޕީ.އެސް އެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2026 އޯގަސްޓް 06 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ވެލާނާ އިންޓަރނޭޝަނަލް އެއާރފޯޓުގައި ހުންނަ އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއާރޓާސްއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2026 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 2026 އޯގަސްޓް 05 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް ކޮމާންޑްގެ ޕާސް އެޑްމިން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މައުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ބިޑް ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިއުލާން ނަމްބަރ އެނގޭނޭހެން ބަޔާންކުރެއްވުމަށްފަހުއެވެ. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2026 އޯގަސްޓް 05 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން [email protected]   އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ހުޅުލޭގައި ހުންނަ މިކޮމާންޑުގެ ހެޑްކުއަރޓާޒްގައެވެ.

22 ޖުލައި 2026
ހޯދާ