ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޤާނޫނީ ގޮތުން ލާޒިމްކުރާ ބައްދަލުވުން.
އިޢުލާން
ޤާނޫނީ ގޮތުން ލާޒިމްކުރާ ބައްދަލުވުން.
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 107 ވަނަ މާއްދާގެ ދަށުން، ކައުންސިލުން ރައްޔިތުންނަށް ޖަވާބުދާރީވުމަށާއި، ކައުންސިލްގެ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް ބާއްވަންޖެހޭ މި އަހަރުގެ ދެވަނަ ބައްދަލުވުން ތިރީގައިވާ ތާރީޚާއި ވަގުތުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ތާރީޚް: 28 ޖުލައި 2026
ގަޑި: 20:30
ތަން: ގދ. ފަރެސްމާތޮޑާ ކައުންސިލް އިދާރާ
ބައްދަލުވުމުގެ އެޖެންޑާ:
- ކައުންސިލުން ހިންގާފައިވާ އަދި ހިންގަމުންދާ މަޝްރޫޢުތަކާއި ހަރަކާތްތަކުގެ ރިޕޯޓް ހުށަހެޅުން.
- ކައުންސިލްގެ މާލީ ބަޔާން ރައްޔިތުންނާ ހިއްސާކުރުން.
- ކައުންސިލްގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބުދާރީވުން.
- ރަށުގެ ތަރައްޤީއާ ގުޅުންހުރި މުހިންމު ކަންކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުން.
ވީމާ، މި ބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި އެންމެހައި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
16 ޞަފަރު 1448ހ.
22 ޖުލައި 2026މ.
22 ޖުލައި 2026
ހޯދާ
