ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ޕްރޮކިއުމަންޓް އެސިސްޓަންޓް

 ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

 

މަޤާމުގެ ނަން:

 ޕްރޮކިއުމަންޓް އެސިސްޓަންޓް  

ރޭންކް:

 SS2/B

ސެކްޝަން/ޑިޕާޓްމަންޓް:

 ސަޕްލައި އެންޑް ޕްރޮކިޔުމަންޓް - އެޑްމިނިސްޓްރޭޓިވް އެފެއާޒް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

 1

ތަޢުލީމާއި ތަޖުރިބާ:

  • ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު ދާއިރާއިން ކަނޑައަޅާ މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހޯދާ ތަކެތި އޮފީހަށް ގެނެސްދިނުމާއި އެކި ތަންތަނަށް ފޮނުވަންޖެހޭ ތަކެތި ގެންގޮސް ދިނުމުގެ މަސައްކަތް ކުރުމާއި، ތަންތަނަށް ގޮސްގެން އަގުބަލަންޖެހޭ ތަކެތީގެ އަގުބެލުމުގެ މަސައްކަތްކުރުމުގެ އިތުރަށް ޕްރޮކިއުމެންޓާގުޅޭ އެހެނިހެން މަސައްކަތުގައި އެހީތެރިވެދިނުން.

މަޤާމާ ގުޅޭ ޚާއްޞަ ޝަރުތު އަދި ޝަރުތުހަމަވާފަރާތްތައް ޝޯޓްލިސްޓްކުރުމަށް ހަމަޖެހިފައިވާގޮތް:

  • މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ޝޯޓްލިސްޓް ކުރުމުގައި އުމުރުން 45 އަހަރުން ދަށުގެ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. އަދި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭނީ، އަސާސީ ޝަރުތު ހަމަވާ ފަރާތްތައް އެކަންޏެވެ.

އުޖޫރަ:

- މަހަކު 5,600 ރުފިޔާ

އެލަވަންސް/ޢިނާޔަތްތައް:

- ސަރވިސް އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ހަމަޖެހިފައިވާ އުސޫލުން 4،400 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3،500 ރުފިޔާ

- ޚާއްޞަ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20

- ހަމަޖެހިފައިވާ އުސޫލުން ޕްރޮފެޝަނަލް އެލަވަންސް

- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ސުންގަޑި:

1 އޮގަސްޓު 2026 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް.

ވަޒީފާއަށް އެޕްލިކޭޝަން ފޯމް ހުށަހެޅުން އަދި ހުށަހަޅަންޖެހޭ ލިޔުންތައް:    

 

ވަޒީފާއަށް އެދި ހުށަހަޅަންވާނީ ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށެވެ. އަދި އޮންލައިން ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރަންވާނެއެވެ.

https://majlis.gov.mv/apply

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޖީ.ސީ.އީ އޯލެވެލް އަދި ޖީ.ސީ.އީ އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ނިންމިކަމުގެ ލިޔުން (އެކްރެޑިޓްކޮށްފައި)
  • ތަޖުރިބާ ދަލީލުކޮށްދޭ ވަޒީފާ އަދާކުރާފަރާތުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (މިއިދާރާގައި މަސައްކަތްކުރާކަމުގެ ތަޖުރިބާގެ ލިޔުން ހުށަހަޅާކަށް ނުޖެހޭނެ)
22 ޖުލައި 2026
ހޯދާ