ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: މެއިންޓެނަންސް އޮފިސަރ

            ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

 މެއިންޓެނަންސް އޮފިސަރ

ރޭންކް:

 GS2/B

ސެކްޝަން/ޑިޕާޓްމަންޓް

 މެއިންޓެނަންސް އެންޑް ސަޕޯޓް ސަރވިސަސް - އެޑްމިނިސްޓްރޭޓިވް އެފެއާޒް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

 1

ތަޢުލީމާއި ތަޖުރިބާ:

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ 
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • މެއިންޓެނަންސް މަސައްކަތުގެ ރިޕޯޓު ލިބުމުން ނުވަތަ މެއިންޓެނަންސް މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ނިންމާ މަސައްކަތްތަކާއި އަދި ހައްލުކުރަންޖެހޭ މެއިންޓެނަންސް މަސައްކަތްތަކުގެ ތެރެއިން، އަމިއްލައަށް ހައްލުކުރެވެން ހުރިކަންކަން ހައްލުކުރުމުގައި، މުވައްޒަފުގެ މަސައްކަތްތައް ސްޕަވައިޒްކޮށް ބެލެހެއްޓުމަށް ހަވާލުވެތިބޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް ކުރުން.
  • ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރެވޭ އެކިއެކި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ވެލްޑިންގ ކުރުމާގުޅޭ އެކިއެކި މަސައްކަތްތައް އަމަލީގޮތުން ކުރުން. 

މަޤާމާ ގުޅޭ ޚާއްޞަ ޝަރުތު އަދި ޝަރުތުހަމަވާފަރާތްތައް ޝޯޓްލިސްޓްކުރުމަށް ހަމަޖެހިފައިވާގޮތް

  • މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާތިލުވާނެއެވެ. މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ޝޯޓްލިސްޓް ކުރުމުގައި އުމުރުން 45 އަހަރުން ދަށުގެ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. އަދި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭނީ، އަސާސީ ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ޚާއްޞަކޮށް ވެލްޑިންގ މަސައްކަތާ ގުޅޭގޮތުން މި އިދާރާއިން ދޭ ޕްރެކްޓިކަލް ޓެސްޓަކުން ފާސްވާ ފަރާތްތައް އެކަންޏެވެ.

އަސާސީ މުސާރަ:

  • މަހަކު 6،550 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

- ސަރވިސް އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ހަމަޖެހިފައިވާ އުސޫލުން 4،400 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3،500 ރުފިޔާ

- ޚާއްޞަ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20

- ހަމަޖެހިފައިވާ އުސޫލުން ޕްރޮފެޝަނަލް އެލަވަންސް

- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ސުންގަޑި:

 1 އޮގަސްޓު 2026 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް.

ވަޒީފާއަށް އެޕްލިކޭޝަން ފޯމް ހުށަހެޅުން އަދި ހުށަހަޅަންޖެހޭ ލިޔުންތައް:    

 

ވަޒީފާއަށް އެދި ހުށަހަޅަންވާނީ ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށެވެ. އަދި އޮންލައިން ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރަންވާނެއެވެ.

https://majlis.gov.mv/apply

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޖީ.ސީ.އީ އޯލެވެލް އަދި ޖީ.ސީ.އީ އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ނިންމިކަމުގެ ލިޔުން (އެކްރެޑިޓްކޮށްފައި)
  • ތަޖުރިބާ ދަލީލުކޮށްދޭ ވަޒީފާ އަދާކުރާފަރާތުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (މިއިދާރާގައި މަސައްކަތްކުރާކަމުގެ ތަޖުރިބާގެ ލިޔުން ހުށަހަޅާކަށް ނުޖެހޭނެ)
22 ޖުލައި 2026
ހޯދާ