ދިވެހިރާއްޖެ
އިޢުލާން
ޖުލައި 2026 ގެ ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު
ތާރީޚާއި ބައްދަލުވުން ބާއްވާ ތަން ބަދަލުވުމާއި ގުޅޭ
މިއިދާރާގެ ނަންބަރު (IUL)299/299/2026/24 (16 ޖުލައި 2026) އިޢުލާނާއި ގުޅޭގޮތުން ދަންވަމެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 107 ވަނަ މާއްދާގައި ކައުންސިލަށް ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުން ބޭއްވުމަށް ކުރިން ކަނޑައެޅިފައިވާ ތާރީޚް، 2026 ޖުލައި 26 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 8:30 އަށް ބަދަލުކުރެވިފައިވާ ކަމުގައި ދެންނެވީމެވެ.
އަދި ބައްދަލުވުން އޮންނާނީ ރ.ވާދޫ ސިއްޚީ މަރުކަޒުގެ ހޯލުގައި ކަމުގައިވެސް ދެންނެވީމެވެ.
ބައްދަލުވުމުގެ އެޖެންޑާ:
v 2027 ވަނަ އަހަރުގެ މަސައްކަތު ތާވަލު ހިއްސާކުރުން
v 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ޙިއްސާކުރުން
ވީމާ މިބައްދަލުވުމުގައި ރަށުގެ ދެޖިންސްގެ ރައްޔިތުންގެ ތެރެއިން ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެލެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ދަންނަވަމެވެ.
