ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
03 މަސް ދުވަހަށްވުރެ ދިގު މުއްދަތައް ފައިސާ ދައްކާފައިނުވާ ދަނޑުތައް މަޢުލޫމާތު އާންމުކުރުން

                ގއ.ނިލަންދޫ ކައުންސިލުން ދަނޑުބިން ދޫކުރުމުގެ އުސޫލުގެ ދަށުން ދޫކޮށްފައިވާ،  ދަނޑުބިންތަކުގެ ތެރެއިން 2026 ޖޫން މަހުގެ ނިޔަލަށް، 03 މަހަށް ވުރެ ގިނަ ދުވަހަށް ފީ ދައްކާފައިނުވާ ދަނޑުތަކުގެ ލިސްޓް މި އިޢުލާނާއެކު އާންމުކުރަމެވެ. އަދި މި ދަނޑުތަކުގެ ފީ، 31 ޖުލައި 2026 ގެ ކުރިން މި އިދާރާއަށް ދައްކައި ޚަލާސްކޮށްދިނުމަށް ދަންނަވަމެވެ.

                 ލިސްޓާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ނަމްބަރ 4000012 ފޯނަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ. އަދި އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހަޅާނަމަ [email protected] އަށް މެއިލް ކޮއްދެއްވުން އެދެމެވެ.

            މިހެންވެ މިކަން އާއްމުކޮށް އެންގުމަށް ޢިއުލާންކުރީމެވެ.

                 08     ޞަފަރު      1448

22 ޖުލައި 2026
ހޯދާ