ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖުލައި ރައްޔިތުންގެ ބައްދަލުވުން

ދިވެހިރާއްޖޭގެއިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 107 ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ކައުންސިލްގެ ކުރިޔައްއޮތް އަހަރުގެ މަސައްތު ތާވަލާއި ބަޖެޓް ހިއްސާކުރުމަށް ޖުލައިމަހު  ރައްޔިތުންނަށް ހުޅުވާލެވިގެން ބާއްވާ ބައްދަލުވުން 29 ޖުލައި 2026 ވާ ބުދަދުވަހު 13:00 ގައި ވަންދޫ ޕްރީސްކޫލުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.މި ބައްދަލުވުމުގެ އެޖެންޑާ ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ. ވީމާ، މިބައްދަލުވުމަށް ވަންދޫގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަންބަރު 6780041 ފޯނާގުޅުއްވުން އެދެމެވެ. އަދި ބައްދަލުވުމުގައި ހިއްސާކުރުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ރަސްމީގަޑީގައި ކައުންސިލް އިދާރާއިން އަދި ތިރީގައިވާ ގޫގަލް ޑްރައިވް ލިކުން ފެންނަންހުންނާނޭކަމުގައި ދެންނެވީމެވެ.

  1. 2027 ވަނަ އަހަރުގެ ލަފާކުރާ ބަޖެޓް ހިއްސާކޮށް ހިޔާލު ހޯދުން.
  2. 2027 ވަނަ އަހަރުގެ މަސައްކަތު ތާވަލު ހިއްސާކޮށް ހިޔާލު ހޯދުން.
  3. ކައުންސިލްގެ ފުރަތަމަ ހަމަސްދުވަހުގެ ރިޕޯޓް ހުށަހެޅުން.

ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

22 ޖުލައި 2026
ހޯދާ