ދިވެހިރާއްޖެ
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަންކުރާ ފަރާތްތައް ނުވަތަ ސްޕޯޓް ފިޝިންގ ގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން މި މިނިސްޓްރީއިން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުންތަކުގެ ދެވަނަ ބައްދަލުވުން އަންނަ އޮގަސްޓު މަހުގެ 15 ވަނަ ދުވަހު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގެ މަޤުސަދަކީ މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމެވެ.
ވީމާ، މި މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ޝައުޤުވެރިވާ ފަރާތްތަކުން 02 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ ކުރިން މި ފޯމު < https://tinyurl.com/4smwztxa > ފުރިހަމަކުރެއްވުމަށް އެދި ދަންނަވަމެވެ. ބައިވެރިންނަށް އިސްކަންދެވޭނީ ޖާގަ އޮތް މިންވަރަކުން، ފޯމު ފުރިހަމަކުރައްވާ ތަރުތީބުންނެވެ. އަދި މީގެ ކުރިން ބޭއްވުނު ބައްދަލުވުމުގައި ބައިވެރިވުމަށް ނަން ނޯޓުކޮށް، ބައިވެރިވުމުގެ ފުރުސަތު ނުލިބުނު ފަރާތްތަކަށް އިސަކަންދެވޭނެއެވެ. ބައްދަލުވުމުގެ ބައިވެރިންގެ ދަތުރުފަތުރާއި ހުރުމާއި ކެއުމުގެ އިންތިޒާމް މިނިސްޓްރީން ހަމަޖައްސައިދެވޭނެ ވާހަކަ ދަންނަވަމެވެ.
މިކަމާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިނިސްޓްރީގެ ސީނިއަރ ފިޝަރީޒް މެނޭޖްމަންޓް އޮފިސަރ މުޙައްމަދު އާލިފް އާރިފް) 3339229)އަށް ގުޅުއްވުން އެދެމެވެ.
