މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

އިޢުލާން

މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

 ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު

J-459458

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 5، ސްޓެޕް 1

ޑިވިޝަން/ ސެކްޝަން

ކޯޕަރޭޓް އެފެއަރސް ޑިވިޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވިއަން ބްލަޑް ސަރވިސަސް، އޮރެންޖުހިޔާ، ހުޅުމާލެ

މުސާރަ

-/9،700 ރުފިޔާ

މަޤާމުގެ އެލަވަންސް

-/2،910 ރުފިޔާ

ހާޒިރީ ޢިނާޔަތް

 -/80 ހާޒިރުވާ ދުވަހަކަށް

އިތުރު ޢިނާޔަތް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  1. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް ( 01 ނޮވެމްބަރ 2025 އިސްލާހާއި އެއްގޮތަށް ) އިތުރު ގަޑީގެ  ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކޮންމެ ދުވަހަކު، މިސާރވިސަސް އަށް ލިބޭ ލިޔެކިޔުންތައް އެންޓްރީކޮށް، ރައްކާތެރިކަމާއެކު ބަލަހަށްޓައި، އިދާރާގެ އިސް ވެރިޔާގެ ލަފާ ހޯދުމަށް ފަހު، އަޅަންޖެހޭ ފިޔަވަޅުތައް އެޅޭތޯ ބެލުމާއި، ފޮނުވަންޖެހޭ ލިޔެކިޔުންތައް ޑްރާފްޓްކޮށް، ހުއްދަ އަދި ސޮއި ހޯދުމަށްފަހު އިދާރާތަކާއި، އެތެރޭގެ ޑިޕާރޓްމަންޓް/ސެކްޝަންތަކާއި، މުވައްޒަފުންނަށް ފޮނުވުމާއި، އެންމެހައި ލިޔެކިޔުންތައް ތަރުތީބުން ފައިލްކޮށް، ޤަވާޢިދާއި އުސޫލުތަކާއެއްގޮތަށް  ބެލެހެއްޓުމުގެ މަސައްކަތް ކުރުމާއި އަދި ކުރުވުން.
  2. އަހަރީ ރިޕޯޓްއަށް ބޭނުންވާ، އެންމެހައި މަޢުލޫމާތު ލިޔުމުން ހޯދައި ތައްޔާރުކުރުމާއި، އިދާރާގެ ޚަރަދުތަކާއި، ކުރެވޭ މަސައްކަތުގެ މައުލޫމާތު ހިމެނޭ އެނުއަލް ސްޓެޓިސްޓިކްސް ކޮންމެ މަހަކު ހޯދައި ތައްޔާރު ކުރުން އަދި މަހުގެ ރިޕޯރޓް ކޮންމެ މަހަކު އަދާ ހަމަކުރުން.
  3. އިދާރާގެ އަހަރީ ބަޖެޓާ ގުޅޭގޮތުން، ހުރިހާ ޑިޕާރޓްމަންޓް ތަކުން އަންދާޒާ ބަޖެޓް ހެދުމުގެ މަސައްކަތް ދުރާލާ ކުރުވުމާއި، އިންވެންޓްރީ އަދި ސަޕްލައިގެ މަސައްކަތްތަކާ ގުޅޭ ރިޕޯރޓް ފޮނުވުމުގެ މަސައްކަތް ކުރިޔަށް ދާގޮތް ބަލައި އިދާރީ ބައިން އެހީތެރިވެދީ މާލިއްޔަތު ޤާނޫނާއި ޤަވާޢިދުތަކާއި، ސާރކިއުލާތަކާއެއްގޮތަށް އަދި އިރުޝާދާ އެއްގޮތަށް މި މަސައްކަތް އިސްނަގައިގެން ނިންމުން.
  4. މި ސާރވިސަސްއިން ބާއްވާ އެންމެހައި ބައްދަލުވުންތަކާއި އަދި ކޮމިޓީތަކުގެ ސެކެޓްރިއޭޓް މަސައްކަތްތައް އިންތިޒާމުކޮށް، ދައުވަތު ފޮނުވުމާއި، ކަލަންޑަރކުރުމާއި، އިންތިޒާމީ ތައްޔާރީތައް ކުރީބައިގައި ފުރިހަމަކުރުމާއި، އަދި ޑްރާފްޓް ޔައުމިއްޔާ އަދި ރިޕޯރޓް ނިންމުމުގެ މަސައްކަތް ތާވަލުކޮށް، ވިލަރެސްކޮށް ފުރިހަމަ ކުރުން އަދި ކުރުވުން.
  5. މި ސާރވިސްގެ ފްރަންޓް އޮފީސް މުވައްޒަފުންނާއި، އެޓަންޑަންޓުން އަދި ސެކިއުރިޓީ މުވައްޒަފުންގެ މަސައްކަތާއި މެއިންޓަނަންސް މަސައްކަތްތައް ޤަވާޢިދުން  ތަރުތީބުކޮށް، ސުޕަވައިޒުކޮށް، ޑިއުޓީ ތާވަލާއި، އަންނަ މެސެޖް އަދި ފޯންކޯލްތައް ލޮގް ކުރުމާއި، ޔައުމިއްޔާ ނިންމުމާއި، ލޮޖިސްޓިކަލް ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކޮންމެ ދުވަހަކު ފުރިހަމަކުރުން އަދި ސުޕަވައިޒަރަށް އަދާހަމަ ދިނުން.
  6. އިދާރާގެ އޮޕަރޭޓިންގ ލައިސަންސާއި، ޚިދުމަތާ ގުޅޭ ހުއްދަތަކާއި، ސާރވިސް ލިސްޓް އަދާހަމަ ކުރުމާއި، ޞިއްހީ ޚިދުމަތްތެރިންްނަށް ބޭނުންވާ އެކިއެކި ހުއްދަތައް މުއްދަތު ހަމަވޭތޯ ބެލުމާއި އައު ކުރުވުމާއި، އަދި ބޭނުންކުރާ އެޑްމިނިސްޓްރޭޓިވް އެސް.އޯ.ޕީތައް ޑްރާފްޓް ތައްޔާރު ކުރުމާއި، އަދި ރިވިއު ކުރުމާއި، ކަމާބެހޭ ރެގިއުލޭޓަރީ އިދާރާތަކުގެ އުސޫލުތަކާ އެއްގޮތަށް އިންތިޒާމުތައް ހުރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ޤަވާޢިދުން މޮނީޓަރ ކުރުމާއި، ކުރުވުމާއި، ޒިންމާކުރުވުމާއި، އަދި ކުރުވުން. އަދި ޚިދުމަތް މެދު ނުކެނޑޭނޭގޮތަށް ހާދިސާތަކުގައި އަމަލުކުރާނެގޮތް އިންތިޒާމުކުރުމާއި ހާޒިސާތަކުގައި އެކަންކަން ކުރިޔަށް ދާގޮތް މޮނީޓަރކޮށް ކަށަވަރު ކުރުން.
  7. ޓްރެއިނިންގ، ވޯކްޝޮޕް އަދި ސެމިނާރތަކުގައި ބައިވެރިކުރަން ނިންމާ މުވައްޒަފުންގެ ކަންކަން ހުއްދަ ހޯދައިގެން ހަމަޖެއްސުމާއެކު، ބައިވެރިވުމަށް ދޭންޖެހޭ އިދާރީ އެހީތެރިކަން ދިނުމާއި، ރެކޯޑްތައް ފުރިހަމަ އިންތިޒާމެއް ހަމަޖައްސައިގެން މައުލޫމާތު އެއްކޮށް ބެލެހެއްޓުން.
  8. ކޮންމެ އަހަރެއް ފެށުމުން އަދި އޭގެ ފަހުންވެސް އެ އަހަރަކަށް ބޭނުންވާ ލިޔެކިޔުން އިންތިޒާމު ކުރުމަށްޓަކައި، ލިޔެކިޔުން ރައްކާކުރާ ފައިލްތަކާއި އަދި ސާރވާރ ފޯލްޑަރތައް ތައްޔާރުކޮށް، އީ-މެއިލްތަކާއި އިދާރާގެ ސިއްޚަތާއި ގުޅޭ ކަންކަންބަލަހަށްޓައި، އީ-މެއިލްތައް ޗެކުކޮށް، މުވައްޒަފުންނަށް ލިޔުމުން އެންގުމާއި އަދި އެންމެހައި ލިޔެކިޔުމުގެ ކޮންމެ މަހަކު ބެކްއަޕް ނެގުމުގެ މަސައްކަތް ކުރުން.
  9. މި ސަރވިސަސްއިން ދުވަހުން ދުވަހަށް އާންމުކޮށް އަންގަން ޖެހޭ އިޢުލާންތައް އޮންނަ އުސޫލާއި އަދި އިރުޝާދާ އެއްގޮތަށް ހުއްދަ ލިބިގެން ކުރުމާއި އަދި މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް އަންގައި ލިޔުމުން ސޮއި ހޯދުން.
  10. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިޔަށްގެންދާ ޙާއްސަ ދުވަސްތައް ފާހަގަ ކުރުމާއި، ބްލަޑް ޑޮނޭޝަން ކޭމްޕްތަކާއި، އެޑްވޮކަސީ އިވެންޓް ތަކާއި އަދި އެފަދަ އެހެނިހެން ހަރަކާތްތަކުގައި، ބައިވެރިވުމުގެ އިންތިޒާމު ކަލަންޑަރު މެދުވެރިކޮށް ހަމަޖައްސައި، ބައިވެރީންނާ ބައްދަލުކޮށް ހަރަކާތް އިންތިޒާމުކުރުމާއި އަދި ބައިވެރިވުމުގެ މަސައްކަތްކޮށް އަމަލީ ގޮތުންވެސް ބައިވެރިވެ ގިނަ ވަގުތު ހޭދަކުރުން.
  11. މޯލްޑިވިއަން ބްލަޑް ސާރވިސްގެ ޑިރެކްޓަރ ޖެނެރަލްގެ ސެކެޓްރިއޭޓް މަސައްކަތް ކުރުމާއި، އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ހަވާލު ކުރެވޭ އެންމެހާ މަސައްކަތްތައް ގިނަ ވަގުތު ހޭދަކޮށްގެން ނިންމުމާއި އަދި ނިންމާކަން ކަށަވަރުކުރުން.
  12. މި ސާރވިސްއިން ޚިދުމަތް ހޯދާ އާންމު ރައްޔިތުންނާއި، ބަލި މީހުންނާއި އަދި އެހެނިހެން ފަރާތްތަކުން ކުރާ ސުވާލުތަކާއި ކަންބޮޑުވުންތަކަށް ޖަވާބު ދިނުމަށްޓަކައި، އިސް ސުޕަވައިޒަރުންނާ މަޝްވަރާކޮށްގެން ޖަވާބު ހޯދުމަށްފަހު  ހުއްދަ ހޯދުމާއި އެކު، އެޖަވާބު ދިނުން ނުވަތަ އާއްމު ކުރުން. އެގޮތުން، ސޯޝަލް މީޑިއާ ޕްލެޓް ފޯރމުތަކާއި އަދި މީޑިއާ ގުރޫޕްތަކާއި ބަލި މީހުންނާ ގުޅޭ ގުރޫޕްތަކުގައި ޞައްޙަ މައުލޫމާތު ކަށަވަރު ކުރުމަށްފަހުގައި ވިސްނުންތެރިކަމާއެކު ކަނޑައަޅާ ވަގުތުތަކުގައި ހާމަކުރުން.
  13. ސިއްޚީ އެމަރޖަންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުތުތައް

 

 

 

 

 

 

 

 ތަޢުލީމީ ރޮނގުތައް:

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
  2. އެކައުންޓިންގ
  3. އެކައުންޓިންގ އެންޑް ފައިނޭންސް
  4. އެޑްމިނިސްޓްރޭޝަން
  5. އޮޑިޓިންގ
  6. ބިޒްނަސް
  7. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  8. ބިޒްނަސް މެނޭޖްމަންޓް
  9. ކޮމާރސް
  10. ފައިނޭންސް
  11. ފައިނޭންޝަލް މެނޭޖްމަންޓް
  12. ފައިނޭންޝަލް ޕްލޭނިންގ
  13. ހިޔުމަން ރިސޯސް މެނޭޖްމަންޓް
  14. އިންޓަރނަލް އޮޑިޓިންގ
  15. އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް
  16. އިސްލާމިކް ފައިނޭންސް
  17. މެނޭޖްމަންޓް
  18. ނަރސިންގ
  19. ޕަބްލިކް އެޑްމިނިސްޓްރޭޝަން
  20. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަނަޓް
  21. ޕަބްލިކް ފައިނޭންސް
  22. ޕަބްލިކް މެނޭޖްމަންޓް

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް                                            

މަޤާމުގެ ކޯ ޑިސިޕްލިން: ނެތް                                                

ގުޅޭ ވަޒީފާގެ ދާއިރާ

  • އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ، ހިއުމަން ރިސޯސްއާއި، ފައިނޭންސްއާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:           

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން                       

             30  

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު       

             5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ       

             5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)          

             25

އިންޓަރވިއު                                

             35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު، އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު އޮންނާނީ، 2026 ޖުލައި / އޮގަސްޓު މަހުގައި މޯލްޑިވިއަން ބްލަޑް ސާރވިސަސްއިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected]  އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3342011 ނުވަތަ 3342305  ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

22 ޖުލައި 2026
ހޯދާ