ދިވެހިރާއްޖެ
އިޢުލާން
"އާބާދީ 60"ގެ ހަރަކާތްތައް ހޯސްޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްބޭއްވޭ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމާއި ގުޅޭ
ތިނަދޫ ސިޓީ އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތައް ހޯސްޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޙާއްސާކޮށް "މާސްޓަރ އޮފް ސެރެމަނީ، ތަމްރީން ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 7531718 އަށް ފުރިހަމަ ނަން އަދި އައިޑީ ކާޑު ނަންބަރާއެކު "ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް" ޖެއްސެވުމަށް ފަހު މެސެޖް ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރާ ފަރާތްތަކަށް ތަމްރީނު މި އިދާރާއިން ދޭނެ ވާހަކަ ދަންނަވަމެވެ.
|
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
|
ރެޖިސްޓްރޭޝަން މުއްދަތު |
22 ޖުލައި 2026-29 ޖުލައި 2026 |
- |
29 ޖުލައި 2026 ގެ 1400 ގެ ކުރިން |
މެސެޖް މެދުވެރިކޮށް |
07 ޞަފަރު 1448
