ދިވެހިރާއްޖެ
އިއުލާން
2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ޖަލްސާ
ޤާނޫނު ނަންބަރު 2010/07 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫން" ގެ 110 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކައުންސިލް ތަކުން ކޮންމެ އަހަރެއްގެ ޖުލައި މަހުގައި އާއްމުންނަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން، 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:45 ގައި، ކުޅިވަރު މައިދާނުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ކައުންސިލުން ހިންގި ގޮތުގެ ރިޕޯޓް ރައްޔިތުންނާ ޙިއްސާކުރުމާއެކު، ކައުންސިލްގެ އެކި މަޝްރޫޢުތަކާއި މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ.
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
7 ޞަފަރު 1448
21 ޖުލައި 2026
