ދިވެހިރާއްޖެ
އިޢުލާން ނަންބަރު: (IUL)221-LMI/221/2026/20
އިޢުލާން
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2026
މޮނިޓަރަކަށް ވުމަށް ފުރުޞަތު ހުޅުވާލުން
2026 އޯގަސްޓް 08 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.
މި އިންތިޚާބުގައި މޮނިޓަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅާނީ މިއަދުން ފެށިގެން 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 23:59ގެ ކުރިން މި އޮތޯރިޓީގެ [email protected] އީ-މެއިލް މެދުވެރިކޮށެވެ. އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާނަމަ ހުރިހާ ފައިލެއްގެ ސައިޒް އެއްކޮށްލުމުން 10 އެމް.ބީ އަށްވުރެ ބޮޑުވެގެން ނުވާނެއެވެ. އަދި އީ-މެއިލް މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ. އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެއްވެސް ދަތިކަމެއް ދިމާވާނަމަ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި އޮތޯރިޓީއަށް ޙާޟިރުވެ ފޯމު ހުށަހެޅޭނެ ވާހަކަ ދަންނަވަމެވެ.
ޙާޟިރުވެގެން ފޯމު ހުށަހަޅާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު، މާލެ) އަށެވެ. އޮތޯރިޓީއަށް ޙާޟިރުވެގެން ފޯމު ހުށަހެޅޭނީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 14:00 އަށެވެ. ޙާޟިރުވެގެން ފޯމު ހުށަހަޅާނަމަ 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފޯމު ހުށަހަޅަންވާނެއެވެ.
އިންތިޚާބު މޮނިޓަރ ކުރުމުގެ ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
2. ކަމާ ގުޅުންހުރި މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭޝަނެއްގައި މަސައްކަތްކުރާ މީހެއްކަން މި އޮތޯރިޓީއަށް ކަށަވަރުވާ މީހެއް ކަމުގައިވުން.
3. އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.
4. އިންތިޚާބުގައި އިތުރު މަޤާމަކަށް ކުރިމަތިލާފައިވާ މީހެއްކަމުގައި ނުވުން.
މޮނިޓަރަކަށް ވުމަށް އެދޭއިރު އަންނަނިވި ލިޔުންތަކާއި ތަކެތި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހަޅަން ވާނެއެވެ.
- ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު - މޮނިޓަރުން ރަޖިސްޓްރީކުރުމަށް އެދޭ ފޯމު
- ލައިސަންސް/ރަޖިސްޓްރީގެ ކޮޕީ
- މޮނިޓަރުންގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސެންސްގެ ކޮޕީ.
- މޮނިޓަރުންގެ ގޮތުގައި ކުރިމަތިލާ ފަރާތުގެ ޕާސްޕޯޓް ސައިޒް ފޮޓޯގެ ސޮފްޓް ކޮޕީ (JPEG ފޯމެޓުގައި).
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ 2026 އޯގަސްޓް 08 ވާ ހޮނިހިރު ދުވަހުގެ ހެނދުނު10:00ން ހަވީރު 16:00 އަށެވެ.
