ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މި މަރުކަޒުގެ 9 ކުލާސްރޫމް ހިމެނޭ 3 ބުރި އިމާރާތުގެ ފާޚާނާބަރީގެ ސީލިންގުން ފެންލީކުވުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް، އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި މަރުކަޒުގެ 9 ކުލާސްރޫމް ހިމެނޭ 3 ބުރި އިމާރާތުގެ ފާޚާނާބަރީގެ ސީލިންގުން ފެންލީކުވުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް، އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • މައުލޫމާތު ސާފުކުރުން

ބިޑާ ގުޅޭ މަޢުލޫމާތު ސާފުކުރުން އޮންނާނީ 22 ޖުލައި 2026 އިން 30 ޖުލައި 2026 އަށް، ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މި ސުކޫލުގެ އޮފީހުގައެވެ. މަޢުލޫމާތު ސާފުކުރެވޭނީ ކޮންމެ ބޭފުޅަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ.

  • ·         ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 24 ޖުލައި 2026 އިން 30 ޖުލައި 2026 އަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި، މި ސުކޫލުގެ ނަންބަރު 6800013 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން ރަޖިސްޓަރީ ކުރެއްވޭނެއެވެ.

  • އަންދާސީ ހިސާބު ހުށަހެޅުން

އަންދާސީހިސާބު ހުށަހެޅުމާއި އަންދާސީހިސާބުތައް ކެނޑުން އޮންނާނީ 02 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މި ސުކޫލުގެ އިދާރާގައެވެ. އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައިޑީކާޑުގެ އަސްލު ގެންނަވަންވާނެއެވެ. ކުންފުންޏަކުން ނުވަތަ އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތްތަކުން، އެކަން ބަޔާންކޮށްފައިވާ ރަސްމީ ސިޓީއެއް ހުށަހަޅަންވާނެއެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ސުކޫލުގެ ނަންބަރު 6800013 ފޯނާ ގުޅުއްވުން އެދެމެވެ.

 

21 ޖުލައި 2026
ހޯދާ