ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު
އިންޑިވިޖުއަލް ކޮންސަލްޓަންޓް (ނެޝަނަލް)
މި މިނިސްޓްރީ އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އާއި ގުޅިގެން "އެޑްވާންސިންގ ދަ ނޭޝަނަލް އެޑެޕްޓޭޝަން ޕްލޭން (ނެޕް) އޮފް މޯލްޑިވްސް" ނަމުގައި މަސައްކަތެއް ދަނީ ކުރިޔަށް ގެންދަމުންނެވެ. މި ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ ފަންނީ މަސައްކަތްތައް ކުރުމަށް އެޑެޕްޓޭޝަން ޕްލޭނިންގ އެންޑް ޕޮލިސީ އެކްސްޕަރޓްއެއް ހޯދަންބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.
މި މަސައްކަތާއި ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް (www.environment.gov.mv) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.
މި ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޮވާނީ "ޔުނައިޓެޑް ނޭޝަންސް ޕްރޮކިއުމަންޓް މެނުއަލް" (DOS/20220.9) (30 ޖޫން 2020) ގެ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އަދި ވެލިޑިޓީ
ޕްރޮޕޯސަލް ހުށަހަޅާނީ 03 އޮގަސްޓް 2026 ވަނަ ހޯމަ ދުވަހު 11:00 ގެ ކުރިން އީ-މެއިލް މެދުވެރިކޮށް ތިރީގައި ބަޔާންކޮށްފައިވާ މެއިލް އެޑްރެހަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އީ-މެއިލްގައި ކޮންސަލްޓަންސީގެ ނަން، ހުށަހަޅާ ފަރާތުގެ ނަން، އީ-މެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ޕްރޮޕޯސަލް މުއްދަތުގެ ގޮތުގައި ޕްރޮޕޯސަލް ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.
ޕްރޮޕޯސަލް ހުށަހަޅުއްވަން ވާނީ އީ-މެއިލް މެދުވެރިކޮށް ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
Subject : Proposal for the“Consultancy Service for the Adaptation Planning and Policy Expert – (IUL)1139-CCD/1139/2026/98
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީ
ދަރުބާރުގެ، މާލެ، 20244، ދިވެހިރާއްޖެ
އީމެއިލް: [email protected]
އީމެއިލް ކޮޕީ: [email protected]
ވެބްސައިޓް: www.environment.gov.mv
އިޢުލާނު ނަންބަރު: (IUL)1139-CCD/1139/2026/98
ހުށަހެޅީ؛
(ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)
(ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް)
ނޯޓް:
މި އިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
