ދިވެހިރާއްޖެ
މިރަށު ފުޓްބޯޅަ ދަނޑުގެ ވަށައިގެންވާ މަގުތަކުގައި ހުރި ރުއްތައް ނެގުމަށް ބޭނުންވާތީ، އެ ތަނުގައިހުރި ރުއްތަކުގެ ވެރިން ހޯދުމަށްކުރި، މި އިދާރައިގެން ނަންބަރު: (IUL)347-ES/347/2026/29 އިޢުލާނާއިގުޅިގެން މި އިދާރާއަށް މަޢުލޫމާތު ހިއްސާކޮށްފައިވަނީ މަދު ފަރާތްތަކަކުންނެވެ.
ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ދަނޑުގެ ބޯޅަގެއާއި ސިޑިބަރި ހެދުމުގެ މަސައްކަތް ފެށޭނީ މި ދެންނެވި ރުއްތައް ނަގައިގެންނެވެ.
ވީމާ، ފުޓްބޯޅަ ދަނޑުގެ ވަށައިގެންވާ މަގުތަކުގައިހުރި ރުއްތަކުގެ ތެރެއިން މި އިދާރާއަށް މަޢުލޫމާތު ހިއްސާކޮށްފައިނުވާ ފަރާތްތަކުން، 2026 ޖުލައި 28 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް، ރުކުގެ މަޢުލޫމާތު ފޯރުކޯށް ދެއްވުން އެދެމެވެ.
- ކައުންސިލަށް ފޯރުކޮށްދިނުމަށް އެދޭ މަޢުލޫމާތު.
- ރުކުގެ ވެރިފަރާތުގެ ނަމާއި އެޑްރެސް.
- ރުކުގެ ވެރިފަރާތުން ރުކުގައި ޖަހާފައިވާ ރުކުގެ ނަންބަރާއި ގޭގެ ނަންބަރު.
- ރުކުގެ ވެރިފަރާތުން، ރުކާއިމެދު އެދޭގޮތް (ރުއް ކަނޑާލަންތޯ ބޭނުންވަނީ ނުވަތަ ކަނޑައަޅާ އަގުތޯ ބޭނުންވަނީ؟)
