ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގެ ސިޑިތަކުގެ ތެރެއިން ހޮސްޕިޓަލާދިމާގައިވާ ސިޑީގެ ސަރަޙައްދު ހުސްކޮށް ބޭއްވުމާއިބެހޭ.

            ބަނދަރުގެ ސިޑިތަކުގެ ތެރެއިން ހޮސްޕިޓަލް ކުރިމައްޗަށް ވާގޮތަށް ހުރި ސިޑިއަކީ ގިނަ ޢަދަދެއްގެ އުޅަނދުފަހަރު ލަފައި ފުރުމަށާއި އަދި މީހުން އަރާ ފޭބުމަށް ބޭނުންކުރާ ސިޑިއަކަށްވެފައި، އެސަރަޙައްދުގެ ސިޑީގެ ދެކޮޅުން މިހާރުވެސް ފާހަގަކޮށްފައިވާ ސަރަޙައްދުގައި ގިނަވަގުތު އުޅަނދުފަހަރު އަޅާފައި ބޭއްވުމުގެ ސަބަބުން ހޮސްޕިޓަލަށް ޚިދްމަތް ހޯދަން އަންނަ ފަރާތްތަކަށާއި އަދި ތަފާތު ބޭނުންތަކުގައި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިވަމުން ދާކަން ފާހަގަކުރެވިފައިވެއެވެ. އެހެންކަމުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން، ހޮސްޕިޓަލާއިދިމާގައިވާ ސިޑި ހިމެނޭ ސަރަޙައްދުގައި އެއްވެސް އުޅަނދެއް މީހުން އަރާ ފޭބުމަށްފަހު، އަޅާފައި ނުބޭއްވުމަށާއި، އެސަރަޙައްދު ގިނަވަގުތު ހުސްކޮށް ބޭއްވުމަށް އެންމެހައި ފަރާތްތަކަށް އަންގާ އިޢުލާން ކުރަމެވެ.

            މި އެންގުމާއި އެއްގޮތަށް ޢަމަލުކުރައްވައި، ބަނދަރުގެ ތަރުތީބު ހިފެހެއްޓުމުގައި އެންމެހައި ފަރާތްތަކުގެ، ޚާއްޞަކޮށް އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ އެއްބާރުލުން ދެއްވުމަކީ، މިއިދާރާގެ ވަރަށްބޮޑު އެދުމެކެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޖުލައި 2026
ހޯދާ