ދިވެހިރާއްޖެ
ވޭމަންޑޫގައި ދުއްވާ އެހެން ޒޯންތަކަށް ނިސްބަތްވާގޮތަށް ރަޖިސްޓްރީކޮށްފައިވާ އެއްގަމުގައި ދުއްވާ އުޅަނދުފަހަރު، ވޭމަންޑޫ ހިމެނޭ ޒޯނަށް (ސީ ޒޯނަށް) ރަޖިސްޓްރީ ކުރުމަށްޓަކައި، ކައުންސިލުގެ މި ދައުރުގެ 07 ވަނަޢާއްމު ޖަލްސާއިން 02 ޖުލައި 2026 ވަނަދުވަހު ވާނީ މުއްދަތެއް ކަނޑައަޅާ ނިންމާފައެވެ. މިގޮތުން އެ އުޅަނދެއްގެ ވެރިފަރާތުން އަމިއްލައަށް އުޅަނދުފަހަރު މިޒޯނަށް ރަޖިސްޓްރީކުރުމަށް ކަނޑައަޅާފައިވާ މުއްދަތަކީ މިއަދުން ފެށިގެން 31 އޮކްޓޯބަރ 2026 ގެ ނިޔަލަށް ކަމުގައި ދެންނެވީމެވެ. ވީމާ، މިރަށުގައި ބޭނުންކުރަމުންދާ އެހެން ޒޯންތަކުގެ އުޅަނދުފަހަރު، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މިރަށް ހިމެނޭ ޒޯނަށް ބަނދަލުކުރުމުގެ ކަންތައް ނިންމުމަށް ޢާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ޤަވާއިދުގެ 13 ވަނަ މާއްދާގައިވާގޮތުން، އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި ދުއްވޭނީ، އެއްގަމު ދަތުރުފަތުރާ ބެހޭ ވުޒާރާއިން ނުވަތަ އެ ވުޒާރާއިން އިޚްތިޔާރު ދީފައިވާ ފަރާތަކުން ލިޔުމުން ހުއްދަހޯދުމަށްފަހު ކަމަށް ބަޔާންކޮށްފައިވުމުން، މި ޒޯނަށް ރަޖިސްޓްރީނުކޮށް އެފަދަ އުޅަނދުފަހަރު 31 އޮކްޓޫބަރު 2026 ގެ ފަހުން، ދުއްވޭނީ، ވަގުތީގޮތުން ކައުންސިލުން ދޫކުރާ ލިޔުން ނުވަތަ އިސްޓިކާ ނަގައިގެންނެވެ. ކައުންސިލުން ދޫކުރާ ލިޔުން ނުވަތަ އިސްޓިކާ ދޫކުރަމުންގެންދާނީ ކައުންސިލުން އަގެއް ކަނޑައަޅައިގެންނެވެ. އަދި މިމުއްދަތުގެ ފަހުން މިރަށް ހިމެނޭ ޒޯނަށް ރަޖިސްޓްރީނުކޮށް، ނުވަތަ ކައުންސިލުން ދޫކުރާ ލިޔުން ނުވަތަ އިސްޓިކާ ނުޖަހާ ދުއްވާ އެއްގަމު އުޅަނދުފަހަރާމެދު ފިޔަވަޅު އަޅާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
