|
އިޢުލާނު
|
|
މަޤާމު:
|
އައި.ސީ.ޓީ ޓެކްނީޝަން
|
|
މަޤާމުގެ ނަންބަރު:
|
J-459804
|
|
ބޭނުންވާ އަދަދު:
|
01 ( އެކެއް)
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކު:
|
ޕްބްލިކް ސާވިސް ރޭންކް 5 ސްޓެޕް-1
|
|
އޮފީސް ޔުނިޓް:
|
ކޯޕަރޭޓް އެފެއަރޒް ޔުނިޓް
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ށ.ކަނޑިތީމު
|
|
މުސާރަ:
|
މަހަކު 9,495.00 ރުފިޔާ
|
|
އެހެނިހެން އެލަވަންސް:
|
- މަޤާމު އެލަވަންސް: މަހަކު 2,850.00 ރުފިޔާ.
- ހާޒިރީ އިނާޔަތް : ހާޒިރުވާ ދުވަހަކަށް 75.00 ރުފިޔާ
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާއި އިރުޝާދުގެ މަތިން ރާވައި ހިންގައި ބެލެހެއްޓުމާއެކު އެ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި ޢަމަލީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީވުން.
- ކައުންސިލް އިދާރާގެ ސާވަރ އަޕްޑޭޓުކޮށް ބެލެހެއްޓުމާއި ސާވަރއަށް ދިމާވާ މައްސަލަތައް ސްޕަވައިޒަރުގެ ލަފަޔާއި މަޝްވަރާގެމަތީން ޙައްލުކުރުން.
- ޕްރެޒެންޓޭޝަންތަކާއި، މީޑިއާ ކިޓްތަކާއި، ބްރޯޝަރތަކާއި، ލީފްލެޓްތަކާއި، އަދި އެހެނިހެން މުވާޞަލާތީ ތަކެތި ލޭއައުޓްކުރުމާއި، ޑިޒައިންކުރުމާއި، ތައްޔާރުކުރުމުގައި އެހީތެރިވުން.
- އިވެންޓްތަކަށް ބޭނުންވާ ދައުވަތު ކާޑު، ބެނާ، އަދި ޕްރޮމޯޝަނަލް މެޓީރިއަލް ޑިޒައިންކޮށް ތައްޔާރުކުރުމުގައި އެހީތެރިވުން.
- އޮފީހުގެ އެކިއެކި ހަފްލާތަކާއި ބާއްވާ އެކިއެކި ހަރަކާތްތަކުގައި ބޭނުންކުރާނެ ގްރެފިކްސް އަދި އެނިމޭޝަންތައް ތައްޔާރުކޮށްދިނުމާއި، އެ އިވެންޓްތަކުގެ ފޮޓޯގްރަފީ އަދި ވީޑިއޮގްރަފީ ތައްޔާރުކޮށް ބެލެހެއްޓުމާއި އޮފީހުގެ ވެބްސައިޓަށް ބޭނުންވާ ފޮޓޯތަކާއި ވެބްސައިޓުގެ އާކައިވްކުރަންޖެހޭ ފޮޓޯތަކުގެ ލައިބްރަރީއެއް ޤާއިމްކޮށް ބެލެހެއްޓުން.
- އޮފީހުގެ ވެބްސައިޓަށް ބޭނުންވާ އެކިއެކި އެނިމޭޝަންތަކާއި މީޑިއާ ޕޯސްޓްތައް ޑިޒައިންކޮށް ތައްޔާރުކުރުމާއި އޮފީހުގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ހެންޑުލްތައް، އޮފީހުން ކަނޑައަޅާގޮތެއްގެ މަތިން، ބަލަހައްޓައި އަޕްޑޭޓްކުރަމުން ގެންދިއުން.
- ކައުންސިލް އިދާރާގެ ނެޓުވޯކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމާއި އަލަށް ނެޓުވޯކު އަޅަންޖެހޭ ތަންތަނުގައި ނެޓުވޯކު އެޅުމާއި ނެޓުވޯކު ބެލެހެއްޓުމުގެ މަސައްކަތް ސްޕަވައިޒަރުގެ ލަފަޔާއި މަޝްވަރާގެމަތީން ކުރުން.
- ކައުންސިލް އިދާރާގައި ބޭނުންކުރާ އެކިއެކި އޮންލައިން ޕޯޓަލްތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން އެ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް ކުރުމާއި ޕޯޓަލްތަކުގައި މުވައްޒަފުން މަސައްކަތް ކުރުމަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓު ސްޕަވައިޒަރުގެ ލަފަޔާއި މަޝްވަރާގެމަތީން ދިނުން.
- އޮފީހުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި އޮފީހުގެ އެތެރޭގައި ބޭނުންކުރާނެ ރަސްމީ ލިޔުންތަކުގައި ބޭނުންކުރާނެ ޑިޒައިންތައް ތައްޔާރުކޮށް، އެ ޕްލެޓްފޯމަކާ އެކަށީގެންވާ ގްރެފިކްސް ނުވަތަ އެނިމޭޝަންތައް ޑިޒައިންކުރުމާއި ތައްޔާރުކުރުން.
- ކައުންސިލް އިދާރާގައި ބޭނުންކުރާ އެކިއެކި ސޮފްޓުވައެރތައް ބެލެހެއްޓުމާއި ސޮފްޓުވައެރތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމާއި ސޮފްޓުވެއަރތަކަށް މުވައްޒަފުން އަހުލުވެރިކުރުމާއި ސޮފްޓުވެއަރތކަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ސްޕަވައިޒަރުގެ ލަފަޔާއި މަޝްވަރާގެމަތީން ޙައްލުކުރުން.
- ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް މުވައްޒަފުން ނެޓުވޯކުތަކާއި ސޮފްޓުވެއަރތަކަށް އެކްސެސްދިނުމާއި ނެޓުވޯކާއި ސޮފްޓުވެއަރތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އެންމެހައި ކަންކަން ސްޕަވައިޒަރުގެ ލަފަޔާއި މަޝްވަރާގެމަތީން ބެލެހެއްޓުން.
- ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް މުވައްޒަފުންނަށް އީމެއިލް އަދި ކޮމްޕިއުޓަރ ލޮގިން ހަދައިދިނުމުގެ އެންމެހައި ކަންކަން ސްޕަވައިޒަރުގެ ލަފަޔާއި މަޝްވަރާގެމަތީން ކުރުން.
- ކައުންސިލުން ކަނޑައަޅާ މިންގަނޑަކަށް، ކައުންސިލުގައި ޑިގިޓަލް އާކައިވް ޤާއިމުކޮށް ރަނގަޅު އިންތިޒާމެއްގެ ތެރެއިން ބެލެހެއްޓުމުގެ ކަންކަން ސްޕަވައިޒަރުގެ ލަފަޔާއި މަޝްވަރާގެމަތީން ކުރުން.
- އެއްގަމާއި ކަނޑުގެ ލައިސަންސް ދިނުމާއިގުޅޭ މަސައްކަތްތައްކުރައްވާ މުވައްޒަފުންނަށް ބޭނުންވާ އެއްމެހައި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ސްޕަވައިޒަރުގެ ލަފަޔާއި މަޝްވަރާގެމަތީން ކުރުން.
- ކައުންސިލުން ދޭންޖެހޭ ރަށްވެހި ޚިދުމަތްތައް ޒަމާނީ ކުރުމަށް ބޭނުންވާ ސޮފްޓުވެއަރ ކައުންސިލުގެ ލަފަޔާއި މަޝްވަރާގެމަތީން ހޯދުމާއި މުވައްޒަފުން އަހުލުވެރިކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ސްޕަވައިޒަރުގެ ލަފަޔާއި މަޝްވަރާގެމަތީން ކުރުން.
- ޔުނިޓުން ޙަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުމުގެ އިތުރުން އެއްވެސް ސަބަބެއް މެދުވެރިވެގެން އެހެން މުވައްޒަފެއް އޮފީހަށް ޙާޟިރުނުވާނަމަ ޙާޟިރުނުވާ މުވައްޒަފަކާ ޙަވާލުކުރެވިފައިވާ މަސައްކަތެއް، ވަގުތީގޮތުން ޙަވާލުކުރައްވައިފިނަމަ އެކަމެއް ކުރުމުގެ އިތުރުން ރަށާއި ތަރައްޤީއާއި ކުރިއެރުމަށް ކަމާބެހޭ އެކި އެކި ދާއިރާތަކުން އަންގަވައިގެން ކުރުމަށް އިދާރާއިން ޙަވާލުކުރެވޭ މަސައްކަތް ތަކާއިގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުމާއި އިދާރާގެ އަދި ޔުނިޓުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުމާއި އިދާރާގެ މަސައްކަތްތަކުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
- މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
ނުވަތަ
މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެރިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
|
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- ބިޒްނަސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ
- ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވަރކިންގ
- ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ
- ކޮމްޕިއުޓަރ ޕްރޮގްރާމިންގ
- ކޮމްޕިއުޓަރ ސައިންސް
- ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ
- ކޮމްޕިއުޓިންގ
- ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ
- ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން
- އައި.ސީ.ޓީ ސިސްޓަމް ސަޕޯޓް
- އިންފޮމޭޝަން ޓެކްނޮލޮޖީ
- ނެޓްވަރކިންގ
- ޕްރޮގްރާމިންގ
- ސޮފްޓްވެއަރ އިންޖިނިއަރިންގ
- ސިސްޓަމް އެޑްމިނިސްޓްރޭޝަން
- ވެބް ޑިވެލޮޕްމަންޓް
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- އަސާސީ ޝަރުތު ހަމަވުން - %30
- ޝަރުތު ހަމަވުމަށްބޭނުންވާ ސަނަދަށްވުރެ މަތީ ސަނަދެއް އޮތްނަމަ - %5
- ކޯ ނުވަތ ޕްރިފާރޑް ޑިސިޕްލިންގ އާގުޅޭ ސަނަދަށް ދެވާ ޕޮއިންޓް – 5%
- އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - %5
- އިންޓަރވިއު - %35
- އިމްތިހާން - 20%
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 އޯގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
އިންޓަރވިއު އާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 06 އޯގަސްޓް 2026 ން 12 އޯގަސްޓް 2026 އާ ދެމެދު، މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ ގައެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ގެޒެޓްގައްޔާއި މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540041 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|