ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގު ބޭނުންކުރާ ފަރާތްތަކަށް އުދަގޫވާގޮތަށް ހުރި ރުއްގަހާއި ތަކެތި ނެގުމާއިބެހޭ.

      ރަށުގެ އެކިއެކި ގޯތިތަކުން މަގުތަކަށް އުނދަގޫވާގޮތަށް ހުރި ބައެއް ރުއްގަހުގެ ސަބަބުން މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި، އަދި ދުއްވާ އެއްޗެހި ދުއްވުމަށް ވަރަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިވާ ކަމުގެ ޝަކުވާތައް މިއިދާރާއަށް ދަނީ ލިބެމުންނެވެ. އަދި މީގެއިތުރުން މަގުމަތީގައި ޖަހާފައިވާ މަގުބައްތިތަކުގެ މައްޗަށް ފަނާއި ގަހުގެ އިފިތައް ލެބިފައިހުރުމުގެ ސަބަބުން އެކަށީގެންވާ ގޮތުގައި މަގުމައްޗަށް އަލި ލިބެމުން ނުދިއުމާއި، ބައެއް އެމަރޖެންސީ ހާލަތުގައި އެމްބިއުލަންސް ދަތުރުކުރުމުގައި ބޮޑެތި ދަތިތަކަކާއި ކުރިމަތިވަމުން ދާކަމުގެ ޝަކުވާތައްވެސް މިކައުންސިލަށް ލިބެމުންދާކަން ފާހަގަކުރަމެވެ.

            ވީމާ، މަގުތަކަށް ދަތިވާގޮތަށް ގޯތިތެރޭގައި ހައްދާފައިވާ ރުއްގަސް 8 ފޫޓަށްވުރެ ތިރިނުވާނެގޮތަށް ކޮށައި ސާފުކުރުމަށާއި، އަދި ގޯތީގެ އިމުން ބޭރުގައި ހައްދާފައިވާ ގަސްތަކާއި ތަކެތި، މަގުބޭނުންކުރާ ފަރާތްތަކަށާއި، މަގުގައި ދުއްވާ ތަކެއްޗަށް ދަތިނުވާނެގޮތަށް، ހައްދަވައި ދެއްވުމަށް ދަންނަވެމެވެ. 

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޖުލައި 2026
ހޯދާ