އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ރައްޔިތުންގެ ބައްދަލުވުން

އިޢުލާން

ރައްޔަތުންގެ ބައްދަލުވުން

         ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައި ކައުންސިލްތަކުން ކޮންމެ އަހަރަކު ބާއްވަން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން މިއަހަރު އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އައްޑޫސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބާއްވާ  ދެވަނަ ބައްދަލުވުން 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެރޭ 8:30 ގައި އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ހޯލުގައި އޮންނާނެއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ކުރިއަށް އޮތް އަހަރުގެ ކައުންސިލް ބަޖެޓުގައި ހިމަނަން ރައްޔިތުން ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، އާންމުންގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ.

         މި ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވުމުގެ ފުރުސަތުވެސް އޮންނާނެއެވެ. ވާޗުއަލްކޮށް ބައިވެރިވުމަށް ބޭނުންވާ ލިންކް މިއިދާރާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ.

         ވީމާ، މިބައްދަލުވުގައި އައްޑޫސިޓީގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ވަޑައިގެން އެދި ދަޢުވަތު އަރުވަމެވެ.

   07  ޞަފަރު  1448                        

21  ޖުލައި  2026                     

21 ޖުލައި 2026
ހޯދާ