ދިވެހިރާއްޖެ
މިރަށު ޢަޞުރުމާގެ ދެކުނަށް އޮތް މަގުގައި ހުރި ރައްޔިތުންގެ ބަނބުކެޔޮ ގަހެއް 03 (ތިނެއް) އަހަރު ދުވަހަށް ވަރުވާއަށް ދޫކުރުމަށް ބޭނުންވެއެވެ. މި ބަނބުކެޔޮގަސް ވަރުވާއަށް ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ޤާނޫނު ނަންބަރު: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށެވެ.
މި އިއުލާނާ ގުޅިގެން މި ކައުންސިލްގެ އިދާރާއިން ތައްޔާރުކޮށްފައިވާ މައުލޫމާތު ޝީޓް އިއުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ. އަދި މި ކަމާ ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 6520027 ނަންބަރަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ ވަރުވާއަށް ލިޔުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ވަރުވާއަށް ލިޔުއްވުމަށް އެދި ހުށައަޅާ ސިޓީ ބަލައިގަތުން
02 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
