ކޮޅުމަޑުލު ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ޝަރުޢީ އަގުކޮމިޓީ އެކުލަވާލުން

އިޢުލާން

އަގުކޮމެޓީ ގެ މެމްބަރުންގެ ދަފްތަރު

       ޝަރުޢީ އަގުކުރުމާބެހޭ ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ށ) ގެ ދަށުންމި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި އަގުކުރަންޖެހޭ ތަންތަން އަގުކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ އަގުކޮމެޓީގެ މެމްބަރުންގެ ދަފްތަރެއް ކުރިޔަށް އޮތް 03 (ތިނެއް) އަހަރަށް އެކުލަވާލަން ބޭނުންވެއެވެ. އެހެންކަމުން ޝަރުޢީ އަގުކޮމެޓީގެ މެމްބަރުކަމަށް ހުޅުވާލަމެވެ.

        އަގުކުރުމުގެ މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނަށް ދުވާލަކަށް -/300 (ތިންސަތޭކަ) ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ. އުޖޫރަ ދެވޭނީ މަސައްކަތްކުރާ ދުވަހަކަށެވެ.

         ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތަޢުލީމީ ފެންވަރު ބަޔާންކޮށް އައިޑީކާޑު ކޮޕީއާއެކު ސިޓީއަކުން މިކޯޓަށް 02 އޮގަސްޓް 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

         ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.

‏             07  ޞަފަރު  1447

‏            21   ޖުލައި  2026

                

21 ޖުލައި 2026
ހޯދާ