ދިވެހިރާއްޖެ
ވޭމަންޑޫގައި ވޮލީކޯޓެއް ޤާޢިމް ކުރުމަށްޓަކައި، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ޓްރެކްބިމުގެ އިރުން، އުރީދޫ ބިމުގެ ދެކުނުން، އިންޖީނުގޭ ގޯތީގެ އިރުދެކުނު ކަނުންއޮތް ބިމާއި، (ކުކުޅުކޮށި ބިން) ބިމުގެ ވަށާގެންވާ މަގުހެދުމުގެ ގޮތުން ބިމާއި މަގަށްއަރާ ރުއްގަހުގައި ނަމްބަރު ޖަހާފައި ވާނެއެވެ.
ވީމާ، އެބިމުގައި އެއްވެސް ފަރާތެއްގެ ތަކެއްޗެއް، ތަނެއް ހުރިނަމަ އެތަކެތި ނުވަތަ ތަނެއް ނަންގަވައި، އަދި ޤާނޫނު ނަމްބަރު 1998/21 ( މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫން ) އާއި އެއްގޮތައް ހުއްދަލިބިގެން އިންދާ ހައްދާފައިވާ ރުއްގަހުގެ ބަދަލުގެ މައްސަލަ ހަމަޖެއްސުމަށްޓަކައި އެރުއްގަހުގެ ވެރިން، 03 އޮގަސްޓު 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ވޭމަންޑޫ ކައުންސިލަށް ވަޑައިގެން ރުއްގަހުގައި ޖަހާފައިވާ ނަންބަރު އަންގަވައި ދެއްވުން އެދެމެވެ. އަދި މިދެންނެވި ރުއްގަހުގެ ތެރެއިން ޤާނޫނާއި، ޤަވާޢިދާއި ޚިލާފަށް އިންދާފައިވާ އެއްވެސް ރުއްގަހަކަށް ބަދަލު ދެވެން ނޯންނާނެކަމުގައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް އިންދާފައިހުރި ރުއްގަސް އިންދި ފަރާތްތަކުން އެ ރުއްގަސްތައް 06 އޮގަސްޓު 2026 ވާ ބުރާސްފަތި ދުވަހުގެ ކުރިން ނެންގެވުން އެދެމެވެ. އިޢުލާންގެ މުއްދަތު ހަމަވާއިރު ވެރިފަރާތް ނާންގައިހުރި ރުއްގަހާއި، ޤާނޫނާއި ޚިލާފަށް ބުނެވިދިޔަ ބިމުގައި އިންދާފައި ހުރި ރުއްގަސްތަކާއި ތަކެތި މިކައުންސިލުން ނަގައި ނައްތާލެވޭނެ ކަމުގައި ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.
