ދިވެހިރާއްޖެ
ނަންބަރު: GS-119/2026/05
އިޢުލާން
1 ޖުލައި 2026 ގައި މި ސްކޫލުންކޮށްފައިވާ ނަންބަރު: GS-119/2026/04 ގެ އިޢުލާނާއިގުޅިގެން އެއްވެސް ފަރާތަކުން ސައުޤުވެރިކަން ފާޅުކޮށްފައިނުވާތީ 2 ވބަނަ ފަހަރަށް އިޢުލާންކުރަމެވެ.
ކޫލުސްކޫލު ޕްރަޖެކްޓްގެދަށުން މި ސްކޫލު ގައި 31 އެއަރކޮނޑިސަން އިންސްޓޯލް ކުރުމާއި މިކަމަށްބޭނުންވާ ކަރަންޓު ނެޓްވޯކް އަޕްގްރޭޑިންގ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން :
ކޫލުސްކޫލު ޕްރަޖެކްޓްގެދަށުން މި ސްކޫލު ގައި 31 އޭސީ އިންސްޓޯލް ކުރުމާއި މިކަމަށްބޭނުންވާ ކަރަންޓު ނެޓްވޯކް އަޕްގްރޭޑިންގ މަސައްކަތް ކޮށްދޭނެފަރާތެއް ބޭނުންވެއްޖެއެވެ.
މި މަސައްކަތައްބޭނުންވާ އެއަރކޮންޑިޝަން މިސްކޫލުން ދެވޭނެއެވެ. މި މަސައްކަތަށް ބޭނުންވާ އެހެންހުރިހާ ތަކެއްޗާއި މަސައްކަތަކީ އަމިއްލަ ޚަރަދުގައި ކުރާގޮތައް ހަމަޖެހިފައިވާ މަސައްކަތެކެވެ.
- މިމަސައްކަތް ކުރުމަށް ސައުޤުވެރިވެލައްވާ ފަރާތްތަކުން 20 ޖުލައި 2026 އިން 23 ޖުލައި 2026 އަށް ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 13:00 އާއި ދެމެދު މި ސުކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓްކުރެއްވުމާއި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އައި.ޑީ ކާރޑު ގެންނެވުން އެދެމެވެ.
- މި ޕްރޮޖެކްޓާއިބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 30 ޖުލައި 2026 ބުރާސްފަތި ދުވަހުގެ 12.00 ގެކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން ހުށަހެޅުއްވުންއެދެމެވެ.
- މި ޕްރޮޖެކްޓާއިބެހޭ މަޢުލޫމާތުދިނުމުގެ ބައްދަލުވުންއޮންނާނީ 28 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 10:00 ގައި މި ސުކޫލުގެ އޮފީސް ރޫމްގައެވެ. މައުލޫމާތުސާފުކުރުމަށާއި ބިޑުހުށަހެޅުމަށް ވެރިފަރާތުގެބަދަލުގައި ދުރުވާބޭފުޅެއްނަމަ ވެރިފަރާތުގެ ސިޓީއާއި ނޭޝަނަލް އައި،ޑީ ކާޑްގެކޮޕީ ހުށަހަޅަން ވާނެއެވެ.
- ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މި ސުކޫލް އޮފީސް ރޫމްގައެވެ. ބިޑުހުށަހެޅުމަށް ވެރިފަރާތުގެބަދަލުގައި ދުރުވާބޭފުޅެއްނަމަ ވެރިފަރާތުގެ ސިޓީއާއި ނޭޝަނަލް އައި،ޑީ ކާޑްގެކޮޕީ ހުށަހަޅަން ވާނެއެވެ.
- ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- 7. ޕްރޮކިއުމަންޓް ސެކްޝަން ލަންދޫ ސްކޫލް ނ. ލަންދޫ، ދިވެހިރާއްޖެ.
- ފޯން: 6560576 ، އީ-މެއިލް: [email protected] ، ކޮޕީ-މެއިލް: [email protected]
ވީމާ މިކަންޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
07 ޞަފަރު 1447
20 ޖުލައި 2026
